logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ ރަނގަޅު ގޮތަކީ ޑީމޮކްރެޓްއާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރުން: ނަޝީދު

ހުސައިން ވަސީމް
5 އޭޕްރީލު 2025 - 14:33
އެންމެ ރަނގަޅު ގޮތަކީ ޑީމޮކްރެޓްއާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރުން: ނަޝީދު

އެންމެ ރަގަޅު ގޮތަކީ އެމްޑީޕީ އާއި ޑީމޮކްރެޓްސް އެކުގައި މަސައްކަތް ކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީ ތެރޭގައި މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދި ސިޔާސީ ޕާޓީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު އެމްޑީޕީ އަށާއި ޑިމޮކްރެޓްސް އަށްވެސް އަދި ރާއްޖެއަށްވެސް އެންމެ ރަަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށެވެ.

ނަޝިދު މިހެން ވިދާޅުވި އިރު ޑިމޮކްޓެސްގެ ބައެއް އިސް ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާއި ގުޅިފައިވަނިކޮށެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސް ރައީސްކަމުގެ މަގާމުުގައި ހުންނެވި ހަސަން ލަތީފް އާއި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި ހުސައިން އަމްރު ވެސް ވަނީ އެ ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގަންނަވައިފައެވެ. މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ޝިފާޒުގެ އިތުރުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވައިފައެވެ.

އެ ހުރިހާ ބޭފުޅުންނަކީ ވެސް، މިދިޔަ ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށް އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭޚަބަރު | 10 ދުވަސް ކުރިންޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރުޚަބަރު | 10 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 10 ދުވަސް ކުރިންއެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 10 ދުވަސް ކުރިން