logo
Bank of Maldives

Bank of Maldives

ކުޅިވަރު

100% ރެކޯޑާއެކު ފެލޭލާ އާއި އަލްފައުޒް އެލްފޯކަޕްގެ ފައިނަލަށް

އަބްދުﷲ ޣާނިމް
6 އޭޕްރީލު 2025 - 06:55
އެލްފޯކަޕްގެ ފައިނަލްމެޗުގައި ވާދަކުރާ ދެޓީމު
އެލްފޯކަޕްގެ ފައިނަލްމެޗުގައި ވާދަކުރާ ދެޓީމު

އެލްފޯކަޕް ގެ ފައިނަލަށް އަލް ފައުޒް ސްޕޯރޓްސް ކުލަބާއި ފެލޭލާ ސްޕޯރޓްސް ކުލަބު ދަތުރުކޮށްފިއެވެ. މިދެޓީމުވެސް މިމުބާރާތުގެ ސެމީއަށް ދަތުރުކުރީ އިއްޔެ ކުޅުނު ސެމީފައިނަލުގައި އިނދިކޮޅުޓީމުތައް ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ.

ރޭގެ ފުރަތަމަ ސެމީގައި ވާދަކުރީ ގްރޫޕް 1 ގެ އެއްވަނައިގައި ހުރިހާ މެޗަކުން މޮޅުވެ ސެމީއަށް ދަތުރުކުރީ ފެލޭލާ ސްޕޯރޓްސް ކުަލަބާއި ގްރޫޕް 2 ގެ ދެވަނަ ޓީމު ރައިޑަރސް އާދެކޮޅަށެވެ. މިމެޗު 12-0 އިން ފަސޭހަކަމާއެކު ކާމިޔާބުކުރީ ފެލޭލާ ސްޕޯރޓްސް ކުލަބެވެ. މިމެޗުގައި ސާމިން 4 ގޯލުޖަހާފައިވާއިރު ޖުނައިދު (ޖެންނޭ) ވަނީ ހެޓްރިކް ހަދާފައެވެ. އަދި އައްސަދު ދެ ގޯލު ކާމިޔާބުކޮށްފައިވާއިރު ވިޖުދާން (ވިޖުއްކޮ) އާއި ޒުނައިރުގެ އިތުރުން މާހިލް ވެސް ވަނީ މިމެޗުގައި ގޯލުޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މުބާރާތުގެ ދެވަނަ ސެމީގައި ގްރޫޕް 2 ގެ ހުރިހާމެޗަކުން މޮޅުވެ އެއްވަނައިގައި ސެމީއަށް ދަތުރުކުރި އަލް-ފައުޒް ސްޕޯރތޓްސް ކުލަބު ވާދަކުރީ ގްރޫޕް 1 ގެ ދެވަނަ ޓީމް އަލް-ފައުޒް ނިއުޖެނެރޭޝަން އާއި ދެކޮޅަށެވެ. މިމެޗުވެސް ފަސޭހަކަމާއެކު 9-2 އިން އަލް-ފައުޒް ސްޕޯރޓްސް ކުލަބު ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގައި ފައުޒް ސްޕޯރޓްސްގެ އަރީޝް ހެޓްރިކް ހަދާފައިވާއިރު، ފުރުޤާން ވަނީ ދެގޯލުކާމިޔާބުކޮށްފައެވެ. އަދި އަލީ ރިޒާ އާއި އައްޒާމް އާއި ހުސާމްގެ އިތުރުން އަލްޔާން ވެސް ވަނީ ގޯލުޖަހާފައެވެ. ނިއުޖެނެރޭޝަންގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރައިޝަމް އާއި ޝުޢޫން އެވެ.

މުބާރާތުގެ ގޯލު ޗާޓުގެ އެއްވަނައިގައި 12 ގޯލާއެކު ފެލޭލާގެ ޝަނޫން އޮތްއިރު، ދެވަނައިގައި ފައުޒް ސްޕޯރޓްގެ އަރީޝް އޮތީ 10 ގޯލާއެކުގައެވެ.

Screenshot 2025-04-06 121222.png

މުބާރާތުގެ ގޯލު ޗާޓު

މިމުބާރާތުގެ ފައިނަލްމެޗި މިރޭ 20:45 ގައި ފާފު މަގޫދޫ ފުޓްސަލް ގްރައުންޑުގައި ކުޅެވޭއިރު، މިމެޗު މެންދުރު ޓީވީއިން ވަގުތުން ދުރަށް ދައްކާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 2 މަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 4 މަސް ކުރިން