logo
MPL

MPL

ކުޅިވަރު

ޔަންގް ސްޓަރ ބަލިކޮށް ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ޗެންޕިއަންކަން ކާންޓްޕްލޭ ހޯދައިފި

އަބްދުﷲ ޣާނިމް
6 އޭޕްރީލު 2025 - 08:47
ޗެންޕިއަންޓީމް ކާންޓް ޕްލޭ. ފޮޓޯ: ވަރަ ނޫސް
ޗެންޕިއަންޓީމް ކާންޓް ޕްލޭ. ފޮޓޯ: ވަރަ ނޫސް

އއ. ތޮއްޑޫ ސޯސަން ކުލަބުން އިންތިޒާމްކޮށްގެން އަރިއަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ކާންޓްޕްލޭ އިން ހޯދައިފިއެވެ. ފައިނަލުގައި ޔަންގްސްޓާރ އާއި ވާދަކޮށް ކާންޓް ޕްލޭއިން މެޗު ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މިމެޗުގެ ހަމައެކަނި ގޯލުޖެހީ މެޗުގެ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާންޓްޕްލޭގެ ޢަލީ މީސާގް އީސާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ވަނަތަކަށް ބަލާއިރު އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ އެފްސީ އަމިގޯސްގެ އަޙްމަދު އަފްލާޒް އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް ހެލޯ ބޭބީގެ އަހުނަފު ރަޝީދު ވަނީ 13 ގޯލާއެކު ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ކާންޓްޕްލޭގެ މޫސާ އާޒިމް ހޯދިއިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ އަމިގޯސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ކާންޓްޕްލޭގެ ޢަލީ ޝަމާލް ޢަބްދުﷲ، ޢަލީ ހުމޭޒް އަދި މީސާގް އީސާގެ އިތުރުން ޔަންގް ސްޓަރގެ ޝަނާން ރަޝާދު އަދި ފައްޔާޒް ފަޔާޒް އެވެ. "ކިންގް އޮފް ދަ ޓޯނަމެންޓް" ގެ މަޤާމް ހޯދާފައިވަނީ ޔަންގް ސްޓަރގެ ޝަނާން ރަޝާދު އެވެ.

މާރޗް 30 އިން އެޕްރީލް 5 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވާދަކުރިއެވެ. މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި ތޮއްޑޫގެ ފަތުރުވެރިކަން ރަޝިއާ އަދި ކަޒަކިސްތާނުގައި އިޝްތިހާރުކޮށްފިވިޔަފާރި | 2 މަސް ކުރިންތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 2 މަސް ކުރިންތޮއްޑޫ އިން އެމްޑީޕީ އަށް 'ނޫނެކޭ' ބުނެ، 7 ގޮނޑި ޕީއެންސީ އަށް!ޚަބަރު | 7 މަސް ކުރިންއަރިއަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ރިލްކްސް އައްޔަގެ އެހީތެރިކަމާއެކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްދަނީކުޅިވަރު | 10 މަސް ކުރިން