logo
E-Platinum
ކުޅިވަރު

އެލްފޯކަޕްގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ފެލޭލާ ހޯދައިފި

އަބްދުﷲ ޣާނިމް
7 އޭޕްރީލު 2025 - 03:35
މުބާރާތުގެ ޗެންޕިއަން ޓީމު ފެލޭލާ ސްޕޯރޓްސް ކުލަބް
މުބާރާތުގެ ޗެންޕިއަން ޓީމު ފެލޭލާ ސްޕޯރޓްސް ކުލަބް

މަގޫދޫގައި ކުރިޔަށް ގެންދިޔަ ފާފު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މިއަހަރުގެ ޗެންޕިއަންކަން ފެލޭލާ ސްޕޯރޓްސް ކުލަބުން ހޯދައިފިއެވެ. މަގޫދޫ ޒުވާނުންގެ ކުލަބުން މަގޫދޫ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގެ ޗެންޕިއަންކަން ފެލޭލާއިން ހޯދީ ފައިނަލުގައި އަލް ފައުޒް ސްޕޯރޓްސް 2-1 އިން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑުނެގޯ ފެލޭލާއިންނެވެ. އެގޮތުން މެޗުފަށައިގެން 3 މިނެޓުތެރޭގައި ސާމިންގެ ޕާހަކުން މާހިލް (މާއްޕެ) ވަނީ ފެލޭލާއަށް ލީޑުނަގައިދީފައެވެ. މިގޯލާއެކު އަލް-ފައުޒް އިން އެޓޭކް ވަރުގަދަކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިނަމަވެސް ފެލޭލާގެ ކީޕަރު ސާއިން ވަނީ މިހަމަލާތައް ހުއްޓުވާފައެވެ. ދެވަނަ ހާފުފެށިގެން 5 މިނެޓުތެރޭގައި ފެލޭލާގެ ވިޖުދާން (ވިޖުއްކޮ) އަތުން ބައިކޮޅަށް ވަނީ ގޯލެއް ވަދެފައެވެ.

viber_image_2025-04-07_08-44-55-942.jpg

ފެލޭލާ ޓީމުގެ އެންމެ މުހިންމު 5 ކުޅުންތެރިން (މެނޭޖަރާއެކު)

 

ފެލޭލާއަށް ދެވަނަ ފަހަރަށް ވެސް ލީޑު ނަގައިދިނީ ކައުންޓަރ އެޓޭކްގައި މާހިލް (މާއްޕެ) ޖެހި ގޯލަކުންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެލޭލާގެ ގޯލްކީޕަރު ސާއިންއެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ރައިޑަރސްގެ ޖޫދު ހޮވިފައިވާއިރު އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ފެލޭލާގެ ކޯޗު މަޚްތޫމް އެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ރައިޑަރސް ހޮވިފައިވާއިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އަލްފައުޒްގެ ގޯލްކީޕަރު އިކްރާމް އެވެ. މުބާރާތުގެ އެންމެ މޮޅުކުޅުންތެރޭގައި ހިމެނެނީ ފެލޭލާގެ އަބްދުﷲ ޖުނައިދުއާއި މޫސާ މާހިލް އާއި ސާމިން މުހައްމަދު ރަޝީދުގެ އިތުރުން ފައުޒްގެ މުޙައްމަދު އަރީޝް އަދި މުޙައްމަދު އައްޒާމުއެވެ.

viber_image_2025-04-07_08-44-54-811.jpg

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. (ކ.ވ) އައްޒާމު، ސާމިން، މާހިލް، އަރީޝް، ޖުނައިދު

 

 މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމާއި ޓޮޕް ސްކޯރަރ ގެ މަޤާމް ހޯދާފައިވަނީ ފެލޭލާގެ ޝާމިން މުޙައްމަދެވެ. ޝާމިން ވަނީ މިމުބާރާތުގައި 12 ގޯލު ޖަހާފައެވެ.

viber_image_2025-04-07_08-44-55-543.jpg

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޝާމިން (ފެލޭލާ)

 

ފާފު އަދި ދާލު އަތޮޅަށް ހުޅުވާލައިގެން ބޭއްވުނު މިފަހަރުގެ އެޑިޝަންގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މިއީ މިއަތޮޅުގައި ކުރިޔަށްގެންދާ އެންމެ ގިނަދުވަސްފީ މުބާރާތެވެ. މިފަހަރުގެ މިމުބާރާތުގައިވެސް ރާއްޖޭގޭ ފުޓްސަލްގައި ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރުން ބޭރު ކުޅުންތެރިންވެސް ކުޅެފައިވެއެވެ.

viber_image_2025-04-07_08-44-56-351.jpg

ފޭލޭލާ ޓީމު ވަނީ މިފަހަރު މުބާރާތަށް ދުރާލައި ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި

viber_image_2025-04-07_08-44-56-683.jpg

ފޭލޭލާގެ މެނޭޖަރ (ފަރުޙާން) ތަށްޓާއެކު

 

މިއީ 10 އަހަރުފަހުން މަގޫދޫއަށް ނިސްބަތްވާ ޓީމަކުން މިމުބާރާތުގެ ތަށި ނެގި ފުރަތަމަ ފަހަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 8 ދުވަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 18 ދުވަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 2 މަސް ކުރިން