ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ހިތްވަރުދެއްވައިފި
7 އޭޕްރީލު 2025 - 05:31

ދަރިވަރުން ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ދަރިވަރުންނަށް ހިތްވަރުދެއްވައިފިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މި އަހަރަކީ ވެސް ދަރީންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Ad by Hajj Corporation
ނައިބުރައީސްވަނި މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދަރިވަރުންނަށާއި މުދައްރިސުންނާއި ބެލެނިވެރީންނަށް އަރިސްކުރައްވާފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 217 ސްކޫލުގައި 84،000 ދަރިވަރުން މި އަހަރު ކިޔަވަމުން ގެންދާނެއެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން 180 ދުވަހު ކިޔަވައިދޭނެއެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު، ފުރަތަމަ ޓާމުގައި 81 ދުވަހު ކިޔަވައިދޭނެއެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 99 ދުވަހުއެވެ.
ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭން 10،000 ޓީޗަރުން މަސައްކަތް ކުރާނެއެވެ. އޭގެ ތެރެއިން 1800 އެއްހާ މުދައްރިސުންނަކީ ބިދޭސީންނެވެ.


