logo
ކުޅިވަރު

އަލަށް ގާއިމުކުރާ ސްވިމިން ޕޫލްގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި

އަބްދުﷲ ޣާނިމް
8 އޭޕްރީލު 2025 - 05:05
މިނިސްޓަރ ރާފިޢު ސްވިމިނގް ކޮންޕްލެކްސް ބައްލަވާލަނީ. ފޮޓޯ: ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މިނިސްޓަރ ރާފިޢު ސްވިމިނގް ކޮންޕްލެކްސް ބައްލަވާލަނީ. ފޮޓޯ: ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިނަލްއަގުވާމީ ސްވިމިން ޕޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ބައްލަވާލައްވައިފިއެވެ.

އަލަށް ގާއިމުކުރާ ސްވިމިން ޕޫލް ހިމެނޭ ސަރަހައްދަށް ވަޒީރު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ. މި ޕޫލަކީ އަމިއްލަ ފަރާތަކާއި އެކު ސްވިމިން އެސޯސިއޭޝަނުން އިސްނަގައިގެން ގާއިމު ކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒްގެ ސްވިމިންގް ޕޫލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަތަރު ބުރިއަށް ހަދާ މި ސްވިމިންގް ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. މިހާރު ކުރިއަށްދަނީ 50 މީޓަރުގެ މި ޕޫލުގެ ފައުންޑޭޝަން އަޅައި ބޭސް ގާއިމު ކުރުމުގެ މަސައްކަތެވެ.

ސްވިމިންގް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، މި ޕޫލުގައި ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ގެނެސްފައިވަނީ އަމިއްލަ ގޮތަކަށް ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެންނެވެ. އަދި ޕޫލު އެތުރުމުގެ ކުރިން ކޮންކްރީޓް ބޭސް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި މިހާރު ހުރި ސްވިމިންގ ޕޫލާއި ޖެހިގެން އަޅަމުންދާ މި އައު ޕޫލުގެ މަސައްކަތް ފެށިފައިވަނީ އޭޕްރީލް މަހުގައެވެ. އެސޯސިއޭޝަނުން ބުނާގޮތުގައި މިހާރު ވަނީ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައެވެ. އަދި މުޅި މަޝްރޫޢު ނިންމުމަށް އަމާޒުކުރަނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢުޚަބަރު | 2 މަސް ކުރިންސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލްކުޅިވަރު | 3 މަސް ކުރިންތިން ރަން މެޑެލް ހޯދައިގެން ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއްޚަބަރު | 3 މަސް ކުރިންކުޅިވަރާބެހޭ ވަޒީރު ވަޒީރު އަބްދުﷲ ރާފިއު އެމެރިކާގެ ސަފީރާއި ބައްދަލުކުރައްވައިފިކުޅިވަރު | 3 މަސް ކުރިން