logo
Bank of Maldives

Bank of Maldives

ޚަބަރު

އަކްރަމް ކަމާލުއްދީން ޕާސްޕޯޓް ހިފަހެއްޓި މައްސަލަ ހައިކޯޓުން ބަލަން ނިންމައިފި

ހުސައިން ވަސީމް
8 އޭޕްރީލު 2025 - 07:49
އަކްރަމް ކަމާލުއްދީން ޕާސްޕޯޓް ހިފަހެއްޓި މައްސަލަ ހައިކޯޓުން ބަލަން ނިންމައިފި

ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެ ޕާސްޕޯޓު ހިފަހެއްޓި މައްސަލާގައި އިސްތިއުނާފުކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން، ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރްތަކަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންނާއި އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓަފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަކުރަމްގެ ޕާސްޕޯތު ހިފެހެއްޓި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ އަކީ ކްރިމިނަލް ކޯޓުގައި މުރާޖައާ ކުރުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށް ބުނެ އެމައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާފަ އެވެ. ރަޖިސްޓްރާގެ ނިންމުން އަކްރަމްގެ ފަތާރުން ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. އަދި މައްސަލަ ބެލުމަށް ނިންމީ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔަކީ ރަޖިސްޓްރާ ނިންމުން ރަނގަޅު ކަމަށެވެ. 

އެ އެންމެގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންކަމަށް މައުލޫމާތު ލިބެއެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަކްރަމް ކަމާލުއްދީނާއި، އެމިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް، ކުރީގެ ޑިރެކްޓަ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް އަދި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީކޯ މޫސަގެ ކުންފުނީގެ ތިން ރަށް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފިޚަބަރު | 12 ދުވަސް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 19 ދުވަސް ކުރިންރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީޚަބަރު | 23 ދުވަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | މަހެއް ކުރިން