logo
E-Platinum
ޚަބަރު

އައްޑޫ ސިޓީގެ ލިންކް ރޯޑާއި މަގުތައް އަދި ފެން ހިންދާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޭޕްރީލު 2025 - 08:07
އައްޑޫގެ ލިންކް ރޯޑާއި މަގުތައް އަދި ފެން ހިންދާ ނިޒާމު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑާއި މަގުތައް އަދި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި މަޝްރޫޢު ހިންގާ ފަރާތް ކަމުގައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ތިން ދާއިރާއެއް ތަމްސީލުކުރައްވާ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ލިންކް ރޯޑާއި މަގުތައް އަދި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. މިއީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެކުރިއެރުމެއް ލިބި، ވިއްސާރަ މޫސުމުގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢު ނިމުމުން އައްޑޫ ސިޓީގެ އިޤްތިޞާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރުމަށް އެޕޮއިންޓްމަންޓަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންވިލިމާލޭގައި އަޅަނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ޚަބަރު | 2 މަސް ކުރިންގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މިއަދު 2:30 ގައިޚަބަރު | 2 މަސް ކުރިންގުޅިފަޅުގެ ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަހައްދުން ދޭގޮތަށް ބަދަލުކޮށްފިޚަބަރު | 2 މަސް ކުރިން