logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި

އާމިނަތު ޝަފާ
9 އޭޕްރީލު 2025 - 05:11
ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި

ކުނި މެނޭޖްކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު މަޝްވަރާތައް ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމް، ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބްއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އެކަމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދެކެވުނުކަމަށާއި އަދި މި ދާއިރާގައި ދެ ޤައުމުގެ ތަޖުރިބާ ޙިއްސާކުރުމާއި، ޤާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެވުނުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

 

އަދި ބައްދަލުވުމުގައި ދެ ފަރާތުންވެސް ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް) ގެ މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ފެންވަރުގައި ބަދަލު ގެނައުމުގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަން އަންގައިދީފައިވާކަމަށާއި މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވޭކަމަށް ވުޒާާރާއިން މައުލޫމާތުދެއެވެ.

އަދި މިފަދަ ބައްދަލުވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށްވެސް ފާހަގަކުރެވޭކަމަށް ވުޒާާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާޖެހުން މަޖުބޫރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިން5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް 2 އަތޮޅެއްގައި ކުރިއަށްގެންގޮސްފި ޚަބަރު | އަހަރެއް ކުރިން5 މިލިއަން ގަސް އިންދުމުގެ މަސައްކަތް ހަލުވިކުރުމަށް އަޅާ ނާސަރީ ހިންގަން އެޗްޑީސީއަަށް ޚަބަރު | އަހަރެއް ކުރިންރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފިޚަބަރު | އަހަރެއް ކުރިން