logoEN
ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަސައްކަތް ހަލުވިކުރުމަށް އަޅާ ނާސަރީ ހިންގަން އެޗްޑީސީއަަށް

އާމިނަތު ސަފާއާމިނަތު ސަފާ

14 މޭ 2025 - 12:46

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކީ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކީ ފަހުމުނާމާއެއްގައި ސޮއެ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ. އަދި އެޗްޑީސީގެ ފަރާތުން މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ފަހުމުނާމާގައި ސޮއެ ކުރެއްވިއެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެ ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރުވަނީ ނިމިފައެވެ. މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެއެވެ. މި ނާސަރީއިން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވެއެވެ. މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަންވެސް މިނިސްޓްރީއިން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

871x217_placeholder