logo
ވިޔަފާރި

ޗައިނާގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ބްރާންޗެއް ރާއްޖޭގައި ހުޅުވަން ނިންމައިފި

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
14 ސެޕްޓެމްބަރު 2024 - 18:27
 އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)
އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ދިވެހި ސަރުކާރާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ކުރި ކަމެއް ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގައި އައި.ސީ.ބީ.ސީގެ ބްރާންޗެއް ހުޅުވުމަށް މަޝްވަރާކުރަމުންދާކަމަށާއި، މިއީ ދެޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ޗައިނާގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އައިސީބީސީ ރާއްޖެ ގެނައުމަށް މަޝްވަރާތައް އަމަލީ ގޮތުން ކުރިއަށް އެބަދޭ،"މިނިސްޓަރ ސަޢީދު ވިދާޅުވި އެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ޗައިނާގެ ބައިވެރިވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ބްލޫ އިކޮނޮމީ ކޯޕަރޭޝަން އެގްރީމަންޓާއި ޑިޖިޓަލް ސެކްޓާ ޑިވެލޮޕްމަންޓް އެގްރީމެންޓް ފަދަ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ

މީގެ އިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އަލުން އިއާދަކުރުން ވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ. އެފްޓީއޭއަށް މިއަހަރު އަމަލުކުރަން ފަށާއިރު، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ޗައިނާއިން މިހާރު ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާއިރު، އެފްޓީއޭ ފުރިހަމައަށް ތަންފީޒުވުމުން މި އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ބޭރުގެ އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި ދެމެހެއްޓެނިވި، ފެހި ތަރައްގީއަށް އިސްކަންދީގެން ވިޔަފާރިއާ ރައްޓެހި މާހައުލެއް ގާއިމުކުރުމަށް ވެސް ދިވެހި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | 16 ދުވަސް ކުރިންފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި ޚަބަރު | 2 މަސް ކުރިންކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ފަށަނީޚަބަރު | 3 މަސް ކުރިން ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ފަތްކޮޅު އަރުވައިފިޚަބަރު | 4 މަސް ކުރިން