logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2025 - 09:20
ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ފުޅާކޮށް، ތަރައްޤީކުރަން  ހަވާލުކޮށްފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އަގަކީ 144.5 މިލިއަން ރުފިޔާ އެވެ. މި މަޝްރޫޢު 455 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތުގެ ތެރޭގައި މަގު ފުޅާކުރުމާއި، ކީވޯލް ބޭރަށް ޖެއްސުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާކިންގ އަދި ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ޢިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި އިޢުލާންކުރެއްވި މަޝްރޫޢެކެވެ. އޭރު ރައީސް ވިދާޅުވެފައިވަނީ މި މަސައްކަތް ކުރިއަށް ގެންދާނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށާއި، މޫދުން ބައެއް ހިއްކައިގެން މަގު ފުޅާކުރާނެ ކަމަށެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ބައެކެވެ. މާލެއާއި ވިލިމާލޭގެ އެހެން މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަނީ ނިމިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިންރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 7 ދުވަސް ކުރިންނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 12 ދުވަސް ކުރިން