ސަލާހު އާއި ވެންޑައިކް ލިވަރޕޫލުގައި މަޑުކުރުމަށް އެއްބަސްވެއްޖެ - ރިޕޯރޓްސް
10 އޭޕްރީލު 2025 - 04:19

ލިވަޕޫލްގެ ސްޓަރ ކުޅުންތެރިން މުހައްމަދު ސަލާހް އަދި ކެޕްޓަން ވާޖިލް ވަން ޑައިކް އާއެކު އާ ހަދާފައިވާ އެއްބަސްވުން އިތުރު ދެއަހަރަށް އައުކުރުމަށް އެދެކޮޅުންތެރިން އެއްބަސްވެފައިވާކަމަށް އިތުބާރުހުރި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ސަލާހް، ވަން ޑައިކް އަދި ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑްގެ މުސްތަގުބަލާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބި އެކަމާ ލިވަރޕޫލް ގެ ސަޕޯޓަރުން ހުރީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. މި ތިން ކުޅުންތެރިންގެ އެއްބަސްވުން މި މޫސުމުގެ ނިޔަލަށް ހަމަވާއިރު، ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކުރި ގޮތުގައި ވަން ޑައިކްއާއި ސަލާހުގެ އެއްބަސްވުމުގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އާރނޯލްޑްގެ ކޮންޓްރެކްޓާއިމެދު ސުވާލުެުފެދިފައިވާއިރު، ފަބްރީޒިއޯ ވަނީ މީގެކުރިން އާރނޯލްޑް ރެއާލް މެޑްރިޑްއަށް ބަދަލުވުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަށް ރިޕޯރޓްކޮށްފައެވެ.މީގެ އިތުރުން ގިނަ މީޑިޔާތަކަކުން މިކަން ރިޕޯރޓް ކޮށްފައިވާއިރު އެލެކްސެންޑަރ-އާނޯލްޑް ރިއަލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

Ad by Hajj Corporation
ސަލާހު އާއި ވެންޑައިކްގެ ސޮއި ހޯދުމަށް ސަޢޫދީގެ ކުލަބުތަކުން އައީ ބޮޑެތި ހުށަހެޅުންތަކެއް މިކުޅުންތެރިންނަށް ހުށަހަޅަމުންނެވެ.
ސަލާހްއަކީ މި މޫސުމުގައި ޕްރިމިއަރ ލީގުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އަދި ވަން ޑައިކްގެ ފޯމާ މެދު ކްލަބުގެ އައު މެނޭޖަރު އާނެ ސްލޮޓް ވަނީ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފައެވެ.
މިސީޒަނުގެ ޕްރީމިއަރ ލީގު ލިބުމާއި ގާތުގައި އޮތް ލިވަރޕޫލްގެ ފަހުގެ ރާރީޚުގައި ހޯދި ކާމިޔާބީތައް ހޯދުމުގައި މިތިންކުުންތެރިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.