logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީގެ ޖާދުލާއެކު އިންޓަރ މަޔާމީ ކޮންކާކަފް ސެމީއަށް

އަބްދުﷲ ޣާނިމް
10 އޭޕްރީލު 2025 - 05:19
މިމެޗުގައި މެސީ ވަނީ މޮޅުކުޅުމެއް ކުޅެ، އެޓީމު ސެމީއަށް ގެންގޮސްދީފައި. ފޮޓޯ: އަލް ޖަޒީރާ
މިމެޗުގައި މެސީ ވަނީ މޮޅުކުޅުމެއް ކުޅެ، އެޓީމު ސެމީއަށް ގެންގޮސްދީފައި. ފޮޓޯ: އަލް ޖަޒީރާ

ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ކުއާޓަރ ފައިނަލްގައި އެލް.އޭ.އެފް.ސީ އާ ދެކޮޅަށް ކުޅުނު މެޗު އިންޓަރ މަޔާމީ ވަނީ 3-1 އިން ކާމިޔާބުކޮށް، ސެމީ ފައިނަލަށް ގޮސްފައެވެ. މި މެޗުގައި އާޖެންޓީނާގެ ސުޕަރ ސްޓާރ ލިއޯނެލް މެސީވަނީ މޮޅުކުޅުމެއް ދައްކައި ދެގޯލުޖެހުމުގައި އެހީތެރިވެދީފައެވެ.



ފުރަތަމަ ލެގު އެލް.އޭ.އެފް.ސީއިން 1-0 އިން ކާމިޔާބުކޮށްފައިވާއިރު، ރޭގެ މެޗުގެ 9 ވަނަ މިނެޓުގައި އެލް.އޭ.އެފް.ސީގެ އެރޮން ލޯންގް ވަނީ ގޯލެއް ކާމިޔާބުކޮށް، އެގްރެގޭޓް ސްކޯރ 2-0 އަށް އުފުލާފައެވެ. މިއާއެކު، މިމެޗުގައި މަޔާމީ އަށް މެޗުގައި ދެމިހުރުމަށް މަދުވެގެން 3 ގޯލް ބޭނުންވެފައިވާއިރު، ފުރަތަމަ ހާފުގެ ނިމުމާ ކައިރިވެފައިވަނިކޮށް، މެސީ ވަނީ ލުއިސް ސުއާރެޒްގެ ޕާހަކާއެކު، ދެ ޑިފެންޑަރުން ކައިރިން ގޯލުޖަހާފައެވެ. މި ގޯލާއެކު މަޔާމީ އަށް އަލުން އުއްމީދު ލިބި، ސްޓޭޑިއަމްގެ މާހައުލު ވަނީ ހޫނުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation



ދެވަނަ ހާފުގެ ފެށުމުގައި، ފްލޮރިޑާގެ 20 އަހަރުގެ ޒުވާން ކުޅުންތެރިޔާ ނޯއާ އެލެން ވަނީ މަޔާމީއަށް އިތުރު ގޯލެއް ޖަހައިދީ އެގްރެގޭޓް ސްކޯރ އެއްވަރުކޮށްފައެވެ. މަޔާމީ ސެމީއަސް ގެންގޮސްދިނީ މެޗުގެ ފަހު މިނެޓުތަކުގައި، އެލް.އޭ.އެފް.ސީގެ މާލޮން ސަންޓޮސްގެ ހޭންޑްބޯލެއްގެ ސަބަބުން މަޔާމީ އަށް ލިބުނު ޕެނަލްޓީ މެސީ ކާމިޔާބުކޮށްގެންނެވެ. މިމެޗު މަޔާމީއިން ކާމިޔާބުކުރީ 3-1 އިންނެވެ.



މި މެޗަށްފަހު، މެސީގެ ކުރީގެ އާޖެންޓީނާ ޓީމްމޭޓް މަޝެރާނޯ ވަނީ މެސީގެ "އަޖައިބުވެރި" ހުނަރަށް ތައުރީފުކޮށްފައެވެ. މަޝެރާނޯ ބުނީ މެސީ އަކީ "އެއްވެސް އިރެއްގައި ނުކުރެވޭނެ ކަމަށް ހީވާ ކަންތައްތައް ކުރެވޭ" ކުޅުންތެރިއެއް ކަމަށެވެ.



މި ކާމިޔާބީއާއެކު އިންޓަރ މަޔާމީ ވަނީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލަށް ގޮސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީގެ ދެލަނޑާއެކު ފަހަތުން އަރައި އިންޓަރ މަޔާމީ ލީގުކަޕްގެ ފައިނަލަށްކުޅިވަރު | 21 ދުވަސް ކުރިންޔަމާލް ކުޅޭތަން ބަލަން އިންނައިރު އަހަރެންގެ ޅަ އުމުރުގެ އަމިއްލަ ނަފްސު ހަނދާންވޭ - މެސީކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | މަހެއް ކުރިންމެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފިކުޅިވަރު | 2 މަސް ކުރިން