logoEN
ޚަބަރު

މި މަހު 17 ގެ ކުރިން ގަން އެއާޕޯޓު މަޝްރޫޢަށް ހައްލެއް ހޯދަން މަޝްވަރާކުރަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް؛ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ލަސްވާތީ، އެ ކަމަށް ހައްލެއް ހޯދަން ވަޒީރު ޠާރިޤް އާއި ގޭން އިންވެސްޓްމެންޓް މަޝްވަރާއަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓް؛ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ލަސްވާތީ، އެ ކަމަށް ހައްލެއް ހޯދަން ވަޒީރު ޠާރިޤް އާއި ގޭން އިންވެސްޓްމެންޓް މަޝްވަރާއަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ލަސްވެފައިވުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް، ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ގޭން އިންވެސްޓްމެންޓް ކުންފުންޔާއި އެކު މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި މަހުގެ 17 ވަނަ ދުވަހަށް މަސައްކަތް ނިންމަން ދީފައިވާ މުހުލަތު ހަމަވާތީ، އެއަށް ފަހު އެ މަޝްރޫޢު ހިންގާ ރެނާޓަސް ކުންފުންޔަށް މަސައްކަތް ނިންމަން ފަހިކޮށްދޭންޖެހޭ ކަންކަން ފަހިނުވެ، މުއްދަތު އިތުރުވާނަމަ އެކަމުގެ ސަބަބުން އެކުންފުންޏަށާއި، ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި މައްސަލައަށް ހަައްލެއް ހޯއްދަވައިދެއްވުމަށް ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިގައި އެދުމުން، ވަޒީރު ވަނީ ގޭން އިންވެސްޓްމެންޓާއި އެކު މަޝްވަރާ ފަށާފައެވެ.

ގަން އެއާޕޯޓު މަޝްރޫޢުގެ 60 އިންސައްތަ މިހާރު ނިމިފައިވާއިރު، އެ މަޝްރޫޢުގެ ތެރެއިން ތަރައްގީކުރާ މަގެއް ހެދުމުގެ މަސައްކަތް ލަސްވެފައިވަނީ އެ ސަރަހައްދުގައި ހުންނަ އައްޑޫ އިީކުއޭޓާ ވިލެޖުގެ ލޭބާކުއާޓާސް އިމާރާތް ހުސްކުރެވިފައި ނުވާތީއެވެ.

މި މައްސަލައިގައި އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ކުންފުނިން ބުނެފައި ވަނީ، އެ ތަނުގެ ބިމާއި، އަލަށް ހަދާ މަގާ ފުށުއަރާއިރު، އެ ބިމުގައި ހުރީ އީކުއޭޓާ ވިލެޖުގެ ވަރަށް މުހިންމު އިމާރާތެއް ކަމަށެވެ. އަދި މި އިމާރާތަކީ އެ ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަނެއް ކަމަށެވެ. މިއާއެކު އެ ކުންފުނިން ބުނެފައިވަނީ ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއިއެކު ގާތުން މަސައްކަތްކޮށް، މި މައްސަލައަށް ހައްލު ހޯދުމުގައި ދެމިތިބޭ ކަމަށެވެ.

މި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ކުންޕެނީގެ މިލްކަކަށްވާއިރު، ދެ އަހަރެއްހައި ދުވަހު މަސައްކަތްކޮށްގެން ވެސް، ކުއްޔަށްދީފައިވާ އެ ބިމުގައި ހުންނަ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން އެ ތަން ހުސްކުރުމަށް ދެކޮޅުހަދާފައިވާތީ، އޭއައިއޭ އަށް ތަން ވަނީ ހަވާލު ނުކުރެވިއެވެ.

455.8 (ހަތަރު ސަތޭކަ ފަންސާސް ފަހެއް ޕޮއިންޓު އަށެއް) މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށާފައިވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯގެ ވަސީލަތްތަކާއި، އާ ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަނަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރާނެއެވެ.

ކޮމެންޓް

871x217_placeholder