logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރޮޕާ ލީގުގައި ފްރެންކްފަޓް އާއި ޓޮޓްނަމް ހަމަހަމަވެއްޖެ

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2025 - 05:13
މެޗުގެ ތެރެއިން. ފޮޓޯ: ޓޮޓްނަމް
މެޗުގެ ތެރެއިން. ފޮޓޯ: ޓޮޓްނަމް

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ކުރީކޮޅު، ހަވަނަ މިނިޓުގައި ފްރެންކްފަޓްގެ ހޫގޯ އެޓިކީޓޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށްލީޑުނަގައިދިނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އެކިޓީކޭ ވަނީ މި މެޗުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ނަމަވެސް 26 ވަނަ މިނިޓުގައި ޖޭމްސް މެޑިސަން ދިން ޕާހަކުން ޕެޑްރޯ ޕޮރޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. އެގޮތުން ލޫކަސް ބަރެވާލް އާއި ރޮޑްރިގޯ ބެންޓަންކޫރުގެ ހަމަލާތައް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވާއިރު، މެޑިސަން އާއި ސޮން ހިއުން-މިންގެ ހަމަލާތައް ފްރެންކްފަޓްގެ ގޯލްކީޕަރު ކައުއާ ސަންޓޯސް ވަނީ ހުއްޓުވާފައެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި މިކީ ވެންޑެވެން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ކީޕަރު ސަންޓޯސް ވަނީ ވަރަށް

މި ދެ ޓީމުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައި ޖަރުމަނުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފިކުޅިވަރު | 7 ދުވަސް ކުރިންފަހުވަގުތު ނިއުކާސަލް ކޮޅަށް ގޯލުޖަހައި ޓޮޓްނަމްއަށް މުހިންމުނ ޕޮއިންޓެއްކުޅިވަރު | 25 ދުވަސް ކުރިންޕީއެސްޖީ އާއި ޓޮޓްނަމް ވާދަކުރި ފޯރިގަދަ މެޗު ވިޓީނިއާގެ ހެޓްރިކުން ޕީއެސްޖީ ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންޓޮޓްނަމް އަށް ދޯކާދިން އެޒޭގެ ހެޓްރިކުން އެޓީމު ބަލިކޮށް އާސެނަލް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއްކުޅިވަރު | މަހެއް ކުރިން