logo
MPL

MPL

ކުޅިވަރު

ޗެލްސީ ތިންވަނަ ޑިވިޝަނުގެ ސެމީފައިނަލާ ފިޔަވަޅަކާއި ގާތަށް ޖެހިލައިފި

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2025 - 05:19
ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލުޖެހި އެކަޑެމީ ކުޅުންތެރިޔާ ތައިރިގް ޖޯޖް. ފޮޓޯ: ޗެލްސީ
ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލުޖެހި އެކަޑެމީ ކުޅުންތެރިޔާ ތައިރިގް ޖޯޖް. ފޮޓޯ: ޗެލްސީ

ރޫރަޕުގެ ކުލަބު ތަކުގެ މެދުގައި ކުޅެވޭ 3 ވަނަ ޑިވިސަން ނުވަތަ ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓަރ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޕޮލެންޑްގެ ލެގިއާ ވާސޯއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީން 3-0 އިން ކާމިޔާޞުކޮށް މުބާރާޓުގެ ސެމީފައިނަލާއި ފިޔަވަޅަކާއި ގާތަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ގެނައި ބަދަލުތަކާއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ. ކޯލް ޕާމާ އާއި އަޑަރަބިއޯޔޯގެ ބަދަލުގައި ނޮނީ މަޑުއެކޭ އަދި ކޮލްވިލް ކުޅެން އެރުވުމަށްފަހު ޗެލްސީގެ ހަމަލާތައް އިތުރަށް ނުރައްކާތެރިވެގެން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށުނުތާ ހަތަރު މިނެޓުގައި ޗެލްސީގެ އެކަޑަމީ ކުޅުންތެރިޔާ އުމުރުން 19 އަހަރުގެ ތައިރިގް ޖޯޖް ވަނީ އެ ޓީމަށްގޯލު ޖަހައިދީފައެވެ. އޭގެ ފަހުން ނޮނީ މަޑުއެކޭ ވަނީ ޖޭޑަން ސަންޗޯގެ އެހީގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ޗެލްސީން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގެ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމުލަ 26 ލަނޑު ޖަހާފައެވެ.

ކުއާޓަރ ފައިނަލުގެ ދެވަނަ ލެގު އަންނަ ހަފުތާގައި ކުޅޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 28 ވަނަ ދުވަހު ޕޮލެންޑްގެ ރޮކްލޯ ސްޓޭޑިއަމްގައެވެ. މި މުބާރާތް ކާމިޔާބުކުރެވިއްޖެނަމަ ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ޗެލްސީއަށް ލިބިގެންދާނެއެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 7 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 9 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 14 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިން