logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފި

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2025 - 05:44
މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެގެތެރެއިން. ފޮޓޯ: އިސްމާޢިލް ޠާރިޤް. އިމޭޖެސް.އެމް.ވީ
މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެގެތެރެއިން. ފޮޓޯ: އިސްމާޢިލް ޠާރިޤް. އިމޭޖެސް.އެމް.ވީ

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ތަރައްގީކުރަމުންދާ ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލްގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރަފީއު، ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު، އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ސްވިމިންގ ޕޫލް ހަދިޔާކުރެއްވި ހުސެއިން "ޗަމްޕާ" އަފީފް އަދި ބައިނަލްއަގުވާމީ މުބާރާތެއްގައި މެޑަލް ހޯދި ފުރަތަމަ ދިވެހި ފެތުންތެރިޔާ އާމިނަތު ސަޖަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު އިމާރާތްކުރަމުންދާ ސްވިމިންގ ކޮމްޕްލެކްސްގައި ހިމެނޭ މި އޮލިމްޕިކް ސައިޒް ޕޫލަކީ ހަތަރު ބުރީގެ އިމާރާތެއްގައި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ ތަނެކެވެ. މި ކޮމްޕްލެކްސްގައި 50 މީޓަރުގެ ޕޫލަކާއި 25 މީޓަރުގެ ޕޫލެއްގެ އިތުރުން ތަމްރީނު ވަސީލަތްތަކާއި ހައި ޖަމްޕް އޭރިއާއެއް ހިމެނޭނެއެވެ. އަދި މި ކޮމްޕްލެކްސްގައި 1،500 މީހުންނަށް އެއްފަހަރާ ތިބެވޭނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައި ރައިޒިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި މި މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ސްވިމިންގ އެސޯސިއޭޝަނުން އަމާޒު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަޒްކިޔާ އާއި މިރާލް ފެތުމުގެ އެކި އިވެންޓްތަކުން ޤައުމީ ރެކޯރޑް އާކޮށްފިކުޅިވަރު | 5 މަސް ކުރިން16 ވަނަ ޤައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ފަށައިފިކުޅިވަރު | 7 މަސް ކުރިންސްރީލަންކާގެ ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާްއްޖޭގެ ފެތުންތެރިން ދެ ރިހި މެޑަލް އާއެކު ތާރީޚުގެ ތެރެއަށްކުޅިވަރު | 7 މަސް ކުރިންޙަމްނާ އަޙުމަދު 200 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިކުޅިވަރު | 8 މަސް ކުރިން