logoEN
ކުޅިވަރު

ސްރީލަންކާގެ ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާްއްޖޭގެ ފެތުންތެރިން ދެ ރިހި މެޑަލް އާއެކު ތާރީޚުގެ ތެރެއަށް

ސްރީލަންކާގެ ސްވިމިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވި ބައިވެރިން

ސްރީލަންކާގެ ސްވިމިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވި ބައިވެރިން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

14 މޭ 2025 - 03:37

ސްރީލަންކާގައި ބޭއްވުނު 49 ވަނަ ނެޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2025 ގައި ދިވެހިރާއްޖޭގެ ދަނިޔާލް އަމީން ފައިސަލް ވަނީ އަންޑަރ 15 ބޮއިޒް 100 މީޓަރ ބަޓަރފްލައި އިވެންޓުން ރިހި މެޑެލް ހާސިލްކޮށްފައެވެ.

undefinedދަނިޔާލް ވަނީ ދެ ރިހި މެޑަލް ހޯދާފައި

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ހަތަރު ފެތުންތެރިން ކަމުގައިވާ ދަނިޔާލް، އަލްފީ، ޒާކިން އަދި އަލްޔާން ވަނީ އެކި އިވެންޓްތަކުގެ ފައިނަލްސްއަށް ގޮސް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރެއިން ދަނިޔާލް ވަނީ 100 މީޓަރ އަދި 50 މީޓަރ ބަޓަރފްލައި އިވެންޓުން ދެ ރިހި މެޑެލް ހޯދައި، 100 މީޓަރ ފްރީސްޓައިލްއިން ހަތަރުވަނަ އަށް ގޮސްފައެވެ.

ޒާކިން ވަނީ ހަތަރު އިވެންޓެއްގެ ފައިނަލްސްއަށް ގޮސް، 50 މީޓަރ ބެކްސްޓްރޯކް އަދި 50 މީޓަރ ފްރީސްޓައިލްއިން ހަތަރުވަނަ އަށް ގޮސްފައެވެ. އަލްޔާން ވަނީ 200 މީޓަރ ބްރެސްޓްސްޓްރޯކް، 100 މީޓަރ ބްރެސްޓްސްޓްރޯކް އަދި 50 މީޓަރ ފްރީސްޓައިލްގެ ފައިނަލްސްއަށް ގޮސް، 200 މީޓަރ ބްރެސްޓްސްޓްރޯކްއިން ފަސްވަނަ އަށް ގޮސްފައެވެ.

އަލްފީ ވެސް ވަނީ 50 މީޓަރ ބަޓަރފްލައި އަދި 50 މީޓަރ ފްރީސްޓައިލްގެ ފައިނަލްސްއަށް ގޮސް، ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ހުރިހާ ފެތުންތެރިންނަށް ވެސް ވަނީ އެމީހުންގެ އިވެންޓްތަކުގެ ފައިނަލްސްއަށް ގޮސް، ޓޮޕް 10 ގައި ޖާގަ ހޯދާފައެވެ.

މިމަހުގެ 7 އިން 11 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިޔަށްދިޔަ ޗެންޕިއަންޝިޕްގައި ރާއްޖޭގެ ފެތުންތެރިންގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ޒާހިދުއެވެ.

މި ކާމިޔާބީއަކީ ދިވެހި ފެތުންތެރިންގެ ހުނަރުވެރިކަމާއި، ކެރިފޯރުންތެރިކަން އަދި ދެމެހެއްޓެނިވި ކުޅިވަރުގެ ރޫހު ދައްކުވައިދޭ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ކޮމެންޓް

871x217_placeholder