logo
Bank of Maldives

Bank of Maldives

ކުޅިވަރު

16 ވަނަ ޤައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ފަށައިފި

އަބްދުﷲ ޣާނިމް
17 މޭ 2025 - 06:02
ފައިލް ފޮޓޯ
ފައިލް ފޮޓޯ

ވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތް މިއަދު ކުޑަގިރީގައި ފަށައިފިއެވެ. މި މުބާރާތުގައި އެކި ކެޓެގަރީތަކުން ޖުމްލަ 281 ފެތުންތެރިން ވާދަކުރާކަން ފާހަގަކުރެވެއެވެ.

މުބާރާތުގެ މައި ކެޓެގަރީ ކަމުގައިވާ ފަސް ކިލޯމީޓަރުގެ ބައިގައި އަންހެން 10 ފެތުންތެރިންނާއި ފިރިހެން 14 ފެތުންތެރިން ވާދަކުރާއިރު، ތިން ކިލޯމީޓަރުގެ ޖޫނިއަރ ބައިގައި އަންހެން 8 ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި ފިރިހެން 63 ފެތުންތެރިންނާއި އަންހެން 36 ފެތުންތެރިން ވާދަކުރާއިރު، މާސްޓާސް އިވެންޓުގައި ހަތް ފިރިހެން ފެތުންތެރިން ވާދަކުރެއެވެ. އަދި އިއޭޑީ ކެޓެގަރީގައި ފިރިހެން ނުވަ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ބައިގައި 0.5 ކިލޯމީޓަރު ފަތަންޖެހޭ ކިޑްސް ސްވިމް ކެޓެގަރީގައި 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރާކަން ފާހަގަކުރެވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ އޯޕަން ވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބާއްވާ ތިންވަނަ ފަހަރު ކަމުގައި ވުމެވެ. މި މުބާރާތަކީ ރާއްޖޭގެ ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ބާއްވާ އެންމެ މުހިންމު މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

16 ވަނަ ޤައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ފަށައިފިކުޅިވަރު | 7 މަސް ކުރިންސްރީލަންކާގެ ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާްއްޖޭގެ ފެތުންތެރިން ދެ ރިހި މެޑަލް އާއެކު ތާރީޚުގެ ތެރެއަށްކުޅިވަރު | 7 މަސް ކުރިންހަމްނާ ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފިކުޅިވަރު | 8 މަސް ކުރިންރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފިކުޅިވަރު | 8 މަސް ކުރިން