logo
ޚަބަރު

އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް އިތުރު 4 ރަށެއްގައި ފަށަނީ

އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް އިތުރު 4 ރަށެއްގައި ފަށަނީ

އައިޑީ ކާޑުގެ ޕްރިންޓު ކުރުމުގެ ޚިދުމަތް އިތުރު 4 ރަށެއްގައި މި މަހުގެ ތެރޭގައި ފަށާނެ ކަމަށް  ދާޚިލީ ސަލާމަތާއި ފަންނީއްޔާތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އަލަށް އައިޑީ ކާޑުގެ ޚިދުމަތް ފަށަން ހަމަޖެހިފައިވަނީ މ. މުލީ، ށ.ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫގައެވެ.
މިހާރު 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދަނީ ދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިޑީކާޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 15 ރަށެއްގައި މި ޚިދުމަތް ފަށައިފިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން މި ޚިދުމަތް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ 2023 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށައިފިޚަބަރު | 2 މަސް ކުރިންވޭމަންޑޫންވެސް އައިޑީކާޑު ޕްރިންޓް ކުރެވޭނެ، މިއީ ޚިދުމަތް ފެށި 27 ވަނަ ރަށްޚަބަރު | 2 މަސް ކުރިންއައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައިވެސް ފަށައިފިޚަބަރު | 3 މަސް ކުރިންދިވެހި ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިޔާއިންވެސް މިހާރު ލިބޭނެ ޚަބަރު | 4 މަސް ކުރިން