ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

.jpg&w=3840&q=75)
11 އޭޕްރީލު 2025 - 13:22
ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ވަޒީރު ޚަލީލް ވަނީބައިވެރިވެވަޑައިގަންނަވާފައެވެ. މި ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ.އަޓްސުޝީ ސުނާމީ އާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގަތެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ މި ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވައި، އަދި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރުވެސް ފާހަގަކުރެއްވާފައިވެވެ.
މީގެ އިތުރުން، ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖޭގެ އޮތް ސަރަޙައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ، މި ސަރަޙައްދުގެ ފުޅާ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަން ވަޒީރު. ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
.
އިތުރު ލިޔުންތައް

ފަލަސްތީނުގެ ދިފާޢުގައި ސަފީރު ޑރ.ސަލްމާ ރަޝީދު ތަޤްރީރު ކުރައްވައިފި
7 މަސް ކުރިން
ޚާރިޖީ ސިޔާސަތު ތަންފީޒު ކުރާނީ އެއްވެސް އެއްޗެއް ފޮރުވުމެއް ނެތި - މިނިސްޓަރ
6 މަސް ކުރިން
ޚާރިޖީ ވަޒީރު ޚަލީލް، ޔޫއޭއީ ގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
3 މަސް ކުރިން