logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވެމްކޯ އަދި ޕޮލިސް ދެވަނަ މެޗުންވެސް މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
12 އޭޕްރީލު 2025 - 07:30
ވެމްކޯ އާއި ފްލެކްސޯ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ވެމްކޯ އާއި ފްލެކްސޯ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި ކްލަބް ވެމްކޯ އިން ދެވަނަ މެޗުގައި ފްލެކްސާ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ސެޓުން ކުރިހޯދިއިރު، ޕޮލިސް ކްލަބުން ފަސް ސެޓު ކުޅެ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން 3-2 އިން ބަލިކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެމްކޯ އިން ފްލެކްސާ އާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ނިމުނީ 25-20، 22-25، 25-22 އަދި 26-24 އިންނެވެ. ފުރަތަމަ ސެޓުގައި ވެމްކޯ އިން ހޯދި ބޮޑު ލީޑު ދަމަހައްޓައި އެ ސެޓު ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ވެމްކޯގެ ގިނަ ގޯސްތަކާއެކު ފްލެކްސާ އިން އެ ސެޓު ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖެހިގެން އައި ދެ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު، ވެމްކޯގެ ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު އެ ދެ ސެޓު ވެމްކޯ އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރިއެވެ.

ޕޮލިސް ކްލަބުގެ ފޯރިގަދަ ކުރިހޯދުން

ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާ ދެމެދު ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ސެޓު ޕޮލިސް ކްލަބުން ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓުގައި ޕޮލިސް ކްލަބުގެ މޮޅު ކުޅުމާއެކު އެ ސެޓު ކާމިޔާބުކުރިއެވެ.

490826033_1106008008234216_5883617658576966548_n.jpg

ޕޮލިސް ކުލަބާއި ވޯލީ ޔޫތު ނިއު ޖެނެރޭޝަން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

 

މެޗުގެ އެންމެ ފޯރިގަދަ ސެޓު ކަމުގައިވާ ހަތަރުވަނަ ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރުމާއެކު، ފަސްވަނަ އަދި ފަހު ސެޓުގައި ގްރެޒިލީގެ މޮޅު ކުޅުމާއެކު ޕޮލިސް ކްލަބުން މެޗު ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ޖީޖީ ސްޕޯޓްސްއާ ދެކޮޅަށް ހުރާ ސީސީ ކުޅޭއިރު، ދެވަނަ މެޗުގައި އަސްދިގަ ސްޕޯޓްސް ކްލަބާ ދެކޮޅަށް ސިޓީ ފްރެންޑްސް ކްލަބުން ކުޅޭނެއެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޓަލީން އަންހެނުންގެ ވޯލްޑް ވޮލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންތާވަލުގެ ފުލަށްގޮސް ސިފައިންނާއި އެޗްޑީސީގެ އަމިއްލަ ބާރު ގެއްލިއްޖެކުޅިވަރު | 2 މަސް ކުރިންކާވާ ޗެންޕިއަންސްލީގު މާދަމާ މާލޭގައި ފަށަނީ، ރާއްޖެ ތަމްސީލުކުރަނީ ސިފައިންނާއި އެޗްޑީސީކުޅިވަރު | 2 މަސް ކުރިންދިވެހި ސިފައިންގެ ކުލަބުން ޤައުމީ ވޮލީބޯޅަމުބާރާތުގެ ތަށި މިލްކުކޮށްފިކުޅިވަރު | 2 މަސް ކުރިން