logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 40 ބިލިއަން ރުފިޔާގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި: ވަޒީރު

ހުސައިން ވަސީމް
12 އޭޕްރީލު 2025 - 07:11
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 40 ބިލިއަން ރުފިޔާގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި: ވަޒީރު

އެކިއެކި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން އެކަނިވެސް 40 ބިލަޔަން ރުފިޔާގެ މަޝްރޫއުގައި މިހާރުވެސް ސޮއިކޮށްފައިވާކަމަށް މިނިސްޓަރ  ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަން ސަރުކާރުން އަބަދުވެސް ޖެހެނީ ލޯނު ނަގަން ކަމަށެވެ. ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލްތަކާ ގުޅިގެން ލޯނު ހޯދަންވެސް ރާއްޖެ ފަދަ ގައުމަކަށް ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން އެކަނިވެސް 40 ބިލަޔަން ރުފިޔާގެ މަޝްރޫއުގައި މިހާރުވެސް ސޮއިކޮށްފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިބޭ އާމްދަނީ އަށްވުރެ ރިކަރަންޓު ހަރަދު ބޮޑު ކަމަށާ ރާއްޖެއަށް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބެނީ 40 ބިލިއަނެއްހާ ރުފިޔާ ކަމަށެވެ. އަހަރެއްގެ މައްޗަށް ލިބޭ ޢާމްދަނިއަށް ވުރެ ބޮޑު އަދަދެއްހަމައެކަނި މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށްވެސް ހަރަދުވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ބޮޑު މަޝްރޫއެއް ހިންގުމަކީ ފެންނަ މަންޒަރަށްވުރެ ހަގީގަތުގައިވެސް އުނދަގޫ ކަމެއް ކަމަށާ މަޝްރޫއެއް ފެށުމާއި ހަމަޔަށް އާދެވެނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ސަރުކާރުން ކުރިމަތިލައިގެން ވަރަށް އުނދަގުލުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދިސަރުކާރުން މަޝްރޫއުތައް ހިންގަން ޖެހެނީ ދުރަލާ ރާވައިގެން ވަރަށް ގިނަ ބަޔަކާ މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި ބޭނުން އިރަކު ލޯނު ލިބުން އޮންނަނީ ދަތި ކަމަކަށްވެފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެހެންވީމާ މިކަންތައްތައް ރައްޔިތުން ގަބޫލުކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.އަދި މިފަދަ ކަންކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި އަހަރަކީ ބޯހިޔާވަހިކަމާއި އަދި ތަރައްގީގެ މަޝްރޫއުތައް ފެށޭނެ އަހަރުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި، 56.6 ބިލިއަން ރުފިޔާގެ ބަޖެޓުވަނީ މަޖިލީހުން ފާސްކޮށްފައެވެ. މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް، މިހާތަނަށް ފާސްކުރެވުނު ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. އަދި އެ ބަޖެޓަކީ މިހާތަނަށް، ބޯހިޔާވަހިކަމަށް ހޭދަކުރުމަށް އެންމެ ބޮޑު ބަޖެޓެއް އެކަށައަޅާފައިވާ ބަޖެޓު ވެސް މެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރުމަތީގައި 6 ފަންގިފިލާގެ ވަސީލަތްތައް ފުރިހަމަ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފިޚަބަރު | 5 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދި ބޮޑު ތަރުހީބެއް – 3000 އަށްވުރެ ގިނަ ފޯމުޚަބަރު | މަހެއް ކުރިންސުނާމީ މައިޒާން ތަރައްގީކުރަން ފަށައިފިޚަބަރު | މަހެއް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | މަހެއް ކުރިން