logo
E-Platinum
ޚަބަރު

ވީއައިއޭއަށް 59 އަހަރު، ކުރިއަށް އޮތީ ބޮޑެތި މަޝްރޫޢުތައް

ވީއައިއޭގެ 59 އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިގަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ 59 އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިގަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު 59 އަހަރު ފުރޭއިރު، އެއާޕޯޓުގެ ތަރައްޤީއަށް ޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމެއޭސިއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެއާޕޯޓުގައި ބޭއްވި ދިދ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުން ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްޤީއަށް ޓަކައި ސަރުކާރުނ،ް ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

6bbea10b-55d7-40e7-8b34-352fccbc3598.jpeg

އެމެއޭސިއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އިބްރާހީމް ޝަރީފް؛ ވީއައިއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

 

މިއާއެކު އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ. އެގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާލުވީ، އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަމަށާއި، ސްޓޭކްހޯލްޑަރުންނާއ،ި ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

5187375c-c04a-4dc1-bed6-0fd2ec976011.jpeg

ވީއައިއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި

 

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފައެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ. އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ޚާާއްސަ ގާލާ ނައިޓަކާއ،ި އެއް ދުވަހުގެ ހޭންޑްބޯލް މުބާރާތެއްވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާޕޯޓްގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެކުމާދިއުމުގެ ހަރަކާތްތަކެއްޚަބަރު | 4 ދުވަސް ކުރިންތިރީހުން އަށަކަށް: މިއީ ހަމަ އަސްލުވެސް އިންގިލާބެއް!ރިޕޯޓް | 6 ދުވަސް ކުރިން''އާ ޓާމިނަލް ފިނިހަކަ ދުވެލިން ރޮކެޓް ދުވެއްޔަށް ބަދަލުކޮށް ނިންމައި އިގްތިސޯދީ އައު ބާބަކަށް''ރިޕޯޓް | 10 ދުވަސް ކުރިންމިހާރުގެ ބައިނަލްއަޤްވާމީ ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަނީ ޚަބަރު | 10 ދުވަސް ކުރިން