logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހުރާ ކޮމިއުނިޓީ ކުލަބުން ފަސޭހަކަމާއެކު ނައިފަރުގެ ޖީޖީ ބަލިކޮށްފި

އަބްދުﷲ ޣާނިމް
12 އޭޕްރީލު 2025 - 14:30
ހުރާ އާއި ޖީޖީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ހުރާ އާއި ޖީޖީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ބަލިކވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކ. ހުރާ ކޮމިއުނިޓީ ކުލަބުން ޅ. ނައިފަރު ޖީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބުން ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ނިމުނީ 25-19، 25-14 އަދި 25-22 އިން ހުރާގެ ކާމިޔާބީއާ އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ދެ ސެޓު ހުރާއަށް ފަސޭހަކަމާއެކު ގެންދެވުނު ނަމަވެސް، ފަހު ސެޓުގައި ޖީޖީ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ހުރާ ޓީމުގެ ރަޝިޔާގެ ކުޅުންތެރިޔާ ވެރޯނިކާ ޒުބަރޭވާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފިކުޅިވަރު | 6 ދުވަސް ކުރިންކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފިކުޅިވަރު | 7 ދުވަސް ކުރިންއޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 2 މަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | 3 މަސް ކުރިން