logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ ދެގޯލާއެކު އަލް-ނަސްރު ފަހަތުން އަރައި މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
13 އޭޕްރީލު 2025 - 04:49
މެޗުގައި ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އަލް-ނަސްރު
މެޗުގައި ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އަލް-ނަސްރު

ސަޢޫދީ ޕްރޯ ލީގުގައި ރޭގައި އަލް-ރިޔާދު ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލުޖަހައި 2-1 އަލް-ނަސްރު މޮޅުވެއްޖެއެވެ. އަލް-ނަސްރުގެ ދެގޯލުވެސް ޖަހާފައިވަނީ ޓީމުގެ ކެޕްޓަން ރޮނާލްޑޯއެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފައިޒް ސެލެމާނީ ވަނީ އަލް-ރިޔާދަށް ލީޑު ހޯދައިދީފައެވެ. އެއީ އަބްދުލްއިލާ އަލް-ކައިބާރީގެ ވަރުގަދަ ޝޮޓެއް ގޯލްކީޕަރު ސޭވްކުރުމުން ލިބުނު ރިބައުންޑުން ޖެހި ގޯލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން 11 މިނެޓް ފަހުން ސަދިއޯ މާނޭ ދިން ފީޑަކުން ރޮނާލްޑޯ ވަނީ އަލް-ނަސްރަށް ފުރަތަމަ ގޯލު ޖަހައިދީފައެވެ. އޭގެ ފަހުން 64 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭރިޔާގެ ބޭރުން ވަރަށް ބާރު ވޮލީ ޝޮޓަކުން ޖެހިބޯޅަ މަތީ ދަނޑީގައި ޖެހި ގޯލު ތެރެއަށް ވަދެގެން ދިޔައެވެ.

މެޗުގެ އިތުރު ވަގުތުގައި އަލް-ރިޔާދުގެ އަހްމަދު އަސީރީ ވަނީ ޖޮން ޑުރާންއަށް ހަރުކަށި ފައުލެއް ކުރުމުން ސީދާ ރަތް ކާޑު ދައްކައި، ދަނޑުން ބޭރުކޮށްލާފައެވެ.

މި މޮޅުވުމާއެކު އަލް-ނަސްރު ވަނީ ދެވަނައިގައި އޮތް އަލް-ހިލާލާ ދެމެދުގައި އޮތް ޕޮއިންޓުގެ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ރޮނާލްޑޯ ޖެހި ދެވަނަ ގޯލަކީ އަލް-ނަސްރުގެ ސަޢޫދީ ޕްރޯ ލީގުގެ ތާރީހުގެ 900 ވަނަ ގޯލެވެ. މި ލީގުގައި މިއަށްވުރެ ގިނަ ގޯލު ޖަހާފައިވަނީ އަލް-ހިލާލުން އެކަންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 5 ދުވަސް ކުރިންރޮނާލްޑޯގެ މޮޅުކުޅުމާއެކު ހަތަރުވަނަ ޤައުމުގެ ލީގު ފަތަޙަކޮށް އަލް ނަޞްރުގެ ޖޯޒީގައި ފުރަތަމަ ތަށި އުފުލާލަިފިކުޅިވަރު | މަހެއް ކުރިންހުސްއަތާ ރޮނާލްޑޯ ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލުން ބަލިވެ ތަށްޓެއް ނުލިބި އަނެއްކާވެސް އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިން