logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕަށް ގޮތް ހުސްވެ އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޭޕްރީލު 2025 - 17:51
ޓްރަމްޕަށް ގޮތް ހުސްވެ އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޢިއުލާން ކުރި ޓެރިފް ހަނގުރާމައިން ޗައިނާ ކިބައިން ސަލާމަތްކަންނެތްކަން ޤަބޫލުކޮށް، އެމެރިކާއަށް އެތެރެކުރާ އިލެކްޓްރޯނިކް ސާމާނު ޓެރިފުން އިސްތިސްނާކޮށްފިއެވެ.

އެ ޤައުމުގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ފަހަކަށް އައިސް ގެންގުޅެމުން އައި ހަރުކަށި ވިޔަފާރީގެ ސިޔާސަތަށް ގެނައި ބޮޑު ބަދަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ސާމާނުތައް އުފެއްދުމުގައި ޗައިނާ އަކީ ވަރަށް ކުރީގައި އުޅޭ ޤައުމެކެވެ. އެހެންކަމުން މި ހަނގުރާމާގައި ޗައިނާއާއި ޖެހިގަނެގެން އެމެރިކާއަށް މޮޅެއް ނެތްކަމަށް ޓްރަމްޕް މި ވަނީ މި ނިންމުމާއެކު އިއުތިރާފް ވެފައެވެ.

މި އިސްތިސްނާގެ ދަށުން، ސްމާޓްފޯނު، ކޮމްޕިއުޓަރު އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް، ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ޓެރިފް ލިސްޓުން އުނިކޮށްފައެވެ. މީގެ ތެރޭގައި ޗައިނާއިން އެތެރެކުރާ އިލެކްޓްރޯނިކް ސާމާނުވެސް ހިމެނެއެވެ. މި ސާމާނުތަކުން ކުރިން ނަގަމުން އައީ 145 ޕަސެންޓުގެ މަތީ ޓެރިފެކެވެ.

މި ނިންމުމުގެ ސަބަބުން، އެމެރިކާގެ ވިޔަފާރިވެރިންނަށް ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ސެމިކޮންޑަކްޓަރ އުފެއްދުންތަކުން ނަގަމުން އައި 10 ޕަސެންޓުގެ "ބޭސްލައިން" ޓެރިފް އަދި ޗައިނާއަށް އަމާޒުކޮށްގެން އިތުރުކުރި 125 ޕަސެންޓުގެ ޓެކްސްވެސް ވަނީ އުނިކޮށްފައެވެ.

ރައީސް ޓްރަމްޕް މި މަހުގެ ކުރީކޮޅު އިޢުލާނުކުރެއްވި 10 ޕަސެންޓުގެ އާ ޓެރިފް އަދި ޗައިނާއަށް އަމާޒުކޮށްގެން ބޮޑުކުރި ޓެކްސްގެ ނޭދެވޭ އަސަރު މި އިސްތިސްނާގެ ސަބަބުން ކުޑަވާނެ ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ އިދާރާއިން ބުނާ ގޮތުގައި، މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރީގައި ޗައިނާއިން އެމެރިކާއާ މެދު ބޭއިންސާފުން ޢަމަލުކުރާ ކަމަށް ބުނާ ކަންކަމަށް ހައްލެއް ހޯދުމަށެވެ.

އެހެންނަމަވެސް، މި އިސްތިސްނާ ލިސްޓުގައި ހިމެނިފައިވާ ގިނަ އުފެއްދުންތަކަކީ، މިސާލަކަށް ހާޑް ޑްރައިވް އަދި ކޮމްޕިއުޓަރ ޕްރޮސެސަރ ފަދަ ތަކެއްޗަކީ އާންމު ގޮތެއްގައި އެމެރިކާގައި އުފައްދާ ތަކެތި ނޫން ކަމަށް ފާހަގަކުރެވެއެވެ.

މި ބަދަލު ގެނައުމުގެ ސަބަބުތަކާ ބެހޭ ގޮތުން އެމެރިކާގެ ސަރުކާރުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ނިންމުމަކީ ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ޙަރަކާތްތަކަށް އަންނާނެ ބަދަލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެމުންދާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށްޚަބަރު | 2 ދުވަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | މަހެއް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 2 މަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 2 މަސް ކުރިން