logo
ކުޅިވަރު

ޖޫނިއާ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2024 - 07:02
ޖޫނިއާ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ހޯދި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން އަދި ފިރިހެން ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭއިން ނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމީ ޖޫނިއާ އެތުލެޓިކްސް ޓީމް އެނބުރި މާލެ އައުމުން، ޓީމަށް މަރުހަބާ ކިޔާފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ތޮލާލް އާއި ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިންނެވެ.

އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11އިން 13އަށް ކުރިއަށް ދިޔަ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.

މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަރ އުމުރުފުރާގެ އައު ރެކޯޑަކާއިއެކުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢުޚަބަރު | 2 މަސް ކުރިންސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލްކުޅިވަރު | 3 މަސް ކުރިންތިން ރަން މެޑެލް ހޯދައިގެން ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއްޚަބަރު | 3 މަސް ކުރިންކުޅިވަރާބެހޭ ވަޒީރު ވަޒީރު އަބްދުﷲ ރާފިއު އެމެރިކާގެ ސަފީރާއި ބައްދަލުކުރައްވައިފިކުޅިވަރު | 3 މަސް ކުރިން