logoEN
ޚަބަރު

ތިން ރަން މެޑެލް ހޯދައިގެން ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

09 ޖޫން 2025 - 13:40

"އަރްމޭނިއަން ޔޫތު އޯޕަން 2025" ގައި ތިން ރަން މެޑެލް ހޯދައިގެން ދިވެހި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފަށް މިއަދު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ލައިބާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒު އާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމް (މުންތޭ) ހިމެނިވަޑައިގަތެވެ.

2022 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޮތުން ޔޫރަފްގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ލައިބާ، މިފަހަރު ރަން މެޑެލް ހާސިލުކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަންމެޑަލް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ސިންގަލްސްގައި ލައިބާ ރަންމެޑަލް ހޯދީ ސައިޕްރަސްގެ އެމީލިއާއާ ވާދަކޮށް 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށްގެންނެވެ. މިކްސްޑް ޑަބަލްސް އިވެންޓުން ލައިބާ އާއި އަރުމޭނިއާގެ އެރިކްގެ ޕެއާއިން ރަންމެޑަލް ހާސިލުކުރީ ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައިގެންނެވެ. އަދި ޑަބަލްސް އިވެންޓުން ލައިބާ އާއި ސައިޕްރަސްގެ އެމީލިއާގެ ޕެއާއިން ރަން މެޑަލް ހޯދީ ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައިގެންނެވެ.

ލައިބާގެ މި ކާމިޔާބީ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މަރުޙަބާ ވިދާޅުވެ، ލައިބާގެ މި ކާމިޔާބީ އާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ހިތްވަރު ދެއްވާފައެވެ.

ލައިބާގެ މި ކާމިޔާބީއަކީ ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން އިތުރު ކާމިޔާބީތަކެއް ހޯދާނެކަމުގެ

ކޮމެންޓް

871x217_placeholder