ކުޅިވަރާބެހޭ ވަޒީރު ވަޒީރު އަބްދުﷲ ރާފިއު އެމެރިކާގެ ސަފީރާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ރާފިޢު އެމެރިކާގެ އެމްބެސެޑަރާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

26 މޭ 2025 - 06:16
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް އެމެރިކާ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތީ އެ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮން އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ކުޅިވަރުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އެމެރިކާ ސަރުކާރުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވާ އެހީތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި އެމެރިކާއަކީ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެ ގައުމުގެ ތަޖުރިބާއާއި ހުނަރު ރާއްޖެއަށް ލިބުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެކުލަވާލަމުންދާ ދިގު މުއްދަތުގެ ޕްލޭންގައި، ދިވެހި އެތުލީޓުންނަށް ބޭރު ގައުމުތަކުގައި ތަމްރީނު ފުރުސަތުތައް ހޯދައިދިނުމާއި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީ ހޯދުން ހިމެނެއެވެ. މި ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެމެރިކާގެ އެހީތެރިކަން ލިބުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރު ރާފިއު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ކުޅިވަރުގެ މުސްތަޤުބަލަށް އައު އުންމީދުތަކެއް ގެނެސްދޭނެ ބައްދަލުވުމެއް ކަމަށް ދެ ފަރާތުންވެސް އުންމީދުކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި ކުޅިވަރުގެ ދާއިރާއިން އިތުރު ތަފާތު މަޝްރޫއުތައް ހިންގުމަށް ވަނީ އެއްބަސްވެވިފައެވެ.
އިތުރު ލިޔުންތައް

ޖޫނިއާ އެތުލެޓިކްސް ޓީމަށް ހޫނު މަރުޙަބާއެއް
10 މަސް ކުރިން
ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމަށް "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު އިފްތިތާހްކޮށްފި
8 މަސް ކުރިން
ގުރޫޕުތަކަށް ދީފައިވާ ދަނޑުތަކުން ލިބޭ ފައިސާ ކުޅިވަރު ފަންޑަށް ޖަމާކުރާގޮތަށް ހަމަޖައްސަނީ
7 މަސް ކުރިން.jpg&w=3840&q=75)