logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާ ކުރަން ފޮނުވައިފި

ހުސައިން ވަސީމް
14 އޭޕްރީލު 2025 - 13:37
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާ ކުރަން ފޮނުވައިފި

ލ. މާމެންދޫގައި ހުރި އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑި ރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވާފައި ވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދުގެ އިތުރުން ދައުވާ ކުރަނީ އެ ކުންފުނީގެ އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދުގެ މައްޗަށެވެ.

އޭސީސީން ބުނީ ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއް ކަމަށް 2023 ވަނަ އަހަރު ބޭއްވި ފެނަކައިގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓަކީ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ، އަދި ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ބޯޑު މެންބަރުންނަށް ސައީދު ދޮގު މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މިގޮތުން، ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ބުނެ ސައީދު ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ.

އަދި، އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ. އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަންވެސް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

މި މައްސަލައިގެ އިތުރުންވެސް އިތުރު މައްސަލައެއްގައި ސައީދު އާއި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓު ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 18 ދުވަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 19 ދުވަސް ކުރިންފުވައްމުލަކު ފެނުގެ މައްސަލަ: މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި ޚަބަރު | 21 ދުވަސް ކުރިންފެނަކައިން ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައިވެސް ކޮރަޕްޝަންޚަބަރު | 22 ދުވަސް ކުރިން