ސާކާ 2030 އާ ހަމައަށް އާސެނަލްގައި ދެމިހުންނަން ނިންމައިފި
14 އޭޕްރީލު 2025 - 13:44

އާސެނަލްގެ ޒުވާން ތަރި ބުކާޔޯ ސާކާ 2030 ވަނަ އަހަރާ ހަމައަށް އާސެނަލްގައި ދެމިހުންނަން ނިންމައިފިކަމަށް އިޓަލީގެ ނޫސްވެރިޔާ ނިކޮލޯ ސްކިރާ ވަނީ ހާމަކޮށްފައެވެ. މި މައުލޫމާތު ހާމަވެފައި މިވަނީ ސާކާ އާސެނަލްގައި ދެމިހުރެ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ބޭނުންވާކަމަށް ސަކާ ފާޅުގައި ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ސާކާގެ މިހާރުގެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުގައެވެ. އޭނާ މިހާރުގެ އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ މެއި މަހުގައެވެ. އާ އެއްބަސްވުމުގެ ދަށުން ސާކާއަށް ހަފްތާއަކު 300،000 ޕައުންޑް ލިބޭނެކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މިއާއެކު އާރސެނަކްގެ އެންމެ މުސާރަބޮޑު ކުޅުންތެރިންގެ ތެރޭގައި ސަކާ ހިމެނޭނެއެވެ.

Ad by Hajj Corporation
އާސެނަލްގެ ކޯޗް މިކެލް އަޓެޓާ ވަނީ ސާކާގެ ހިތްވަރާއި ޓީމަށް ކުރާ އަސަރު ފާހަގަކޮށްފައެވެ. ވަކިން ހާއްސަކޮށް ހެމްސްޓްރިންގް އިންޖަރީއަކުން އެނބުރި އައުމަށްފަހު ދައްކަމުންދާ ފޯމެވެ.
ސާކާގެ އެއްބަސްވުން އައުކުރުމަކީ އާސެނަލްގެ މުހިންމު ކުޅުންތެރިން ހިފެހެއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ ކުރިމަގުގައި އިތުރު ކާމިޔާބީތައް ހޯދުމަށް ކުލަބުން އަޅަމުންދާ މުހިންމު ފިޔަވަޅެއްކަމަށްވެސް ބެލެވެއެވެ.