logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީގެ ރިޖެކްޓް ކުޅުންތެރިން ސޮއިކުރުވާ އާރސެނަލް އަށް މަޑުއެކޭ

އަބްދުﷲ ޣާނިމް
11 ޖުލައި 2025 - 07:13
މަޑުއޭކޭ ޗެލްސީއާއި ގުޅުނީ މީގެ ދެއަހަރުކުރިން -
މަޑުއޭކޭ ޗެލްސީއާއި ގުޅުނީ މީގެ ދެއަހަރުކުރިން -

ޗެލްސީއިން ބޭނުންނުވެގެން ދޫކޮށްލާ ކުޅުންތެރިންގެ ސޮއި އާންމުކޮށް ބޮޑު އަގުގައި ހޯދައި އުޅޭ އާރސެނަލް އިން އަނެއްކާވެސް ޗެލްސީ ރިޖެކްޓެއްގެ ސޮއި ހޯދަން ތައްޔާރުވެެއްޖެއެވެ. އެގޮތުން ޗެލްސީގެ އިނގިރޭސި އެޓޭކަރ މަޑުއެކޭގެ ސޮއި ހޯދަން އާރސެނަލް އިން އަނެއްކާވެސް ދަނީ ތައްޔާރުވަމުންނެވެ.

ރިޕޯރޓްތައްބުނާގޮތުން މަޑުއޭކޭ އާރސެނާލް އާއި ގުޅުމަށް މިހާރު ވަނީ އެ ކުލަބާ ދެމެދު އެއްބަސްވެފައެވެ. މިއާއެކު މިއީ ވޭތުވެ ދިޔަ 6 އަހަރުތެރޭގައި އާރސެނަލް އިން ސޮއިހޯދި ޗެލްސީގެ 7 ވަނަ ކުޅުންތެރިޔާއެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ ވޭތުވެދިޔަ 6 އަހަރުތެރޭގައި އާރސެނަލް އިން ސޮއިކުރި ޗެލްސީގެ އެއްވެސް ކުޅުންތެރިއަކަށް އެކުލަބުގައި އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައި ނުވާކަމެވެ. އާރސެނަލް އިން މިފަހަކަށްއައިސް ސޮއިކުރި ޗެލްސީގެ ކުޅުންތެރިންގެ ތެރޭގައި ޑޭވިޑް ލުއިޒް، ވިލިއަމްސް، ޖޮޖީނިއޯ، ކައި ހަވާރޓްޒް، ރަހީމް ސްޓަރލިންގް، އަދި މިސީޒަނުގައި ސޮއިކުރި އަރިޒަބަލާގާ ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާރސެނަލްއިން ޗެލްސީގެ މަޑުއެކޭގެ ސޮއި ހޯދުމަށް 50 މިލިއަން ޕައުންޑަށް ވުރެ މަތީ އަގެއް ހުށަހަޅާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްވީ އައިންޑްހޯވަން އިން ޗެލްސީއަށް ބަދަލުވި މަޑުއެކޭ ވަނީ ޗެލްސީ އަށް 92 މެޗު ކުޅެ 20 ލަނޑު ޖަހާފައެވެ. އޭނާގެ ކެރިއަރ ފެށުނީ ޓޮޓެންހެމްގެ އެކަޑަމީގައި ކަމަށްވާއިރު، ނެދަލޭންޑްސްގައި ހޭދަކުރީ ހަތަރު އަހަރާއި ބައެވެ.

ޗެލްސީގެ އެޓޭކިންގ އަށް މިސީޒަނުގައި އަލަށް 4 ކުޅުންތެރިން ގެނެސްފައިވާއިރު، މިދިޔަ ތިން ސީޒަން ލީގުގެ ދެވަނައިގައި ނިންމާލި އާރސެނަލްވެސް ދަނީ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެގޮތުން މިސީޒަނުގައި އާރސެނަލް އިން ވަނީ މާޓިން ޒުބިމެންޑީ އާއި ނޯގާރޑް އަދި ކެޕާގެ ސޮއި ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން