logo
MPL

MPL

ކުޅިވަރު

ލޫކާ މޮޑްރިޗް އިނގިރޭސި ކުލަބެއްގެ ހިއްސާދާރަކަށް ވަނީ

އަބްދުﷲ ޣާނިމް
14 އޭޕްރީލު 2025 - 13:48
ރެއާޅް މެޑްރިޑް އަދި ޓޮޓްނަމްގެ ލެޖެންޑު މޮޑްރިޗް
ރެއާޅް މެޑްރިޑް އަދި ޓޮޓްނަމްގެ ލެޖެންޑު މޮޑްރިޗް

ރިއަލް މެޑްރިޑްގެ ތަރި ލޫކާ މޮޑްރިޗް އިނގިރޭސި ޗެމްޕިއަންޝިޕް ކްލަބް ސްވޮންސީ ސިޓީގެ ހިއްސާދާރަކަށް ވުމަށް އެއްބަސްވެއްޖެއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ފުޓްބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއެވެ.

ރޮމާނޯ ހާމަކުރި ގޮތުގައި މޮޑްރިޗް ވާނީ ސްވޮންސީގެ މައިނޯރިޓީ ހިއްސާދާރަކަށެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މި ހިއްސާދާރަކަށް ވުމުގެ ސަބަބުން މޮޑްރިޗްގެ ކުޅުންތެރިކަމުގެ ކެރިއަރއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އޭނާ ވަނީ ކުރިންވެސް ބުނެފައިވާ ފަދައިން ރިއަލް މެޑްރިޑްގައި ކުޅުން ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް ރޮމާނޯ ހާމަކުރިއެވެ.
ސްވާންސީ އަކީ މީގެކުރިން އެތަކެއް ފަހަރުތަކެއްގެ މަތީން ޕްރީމިއަރ ލީގު ކުޅެފައިވާ ޓީމެކެވެ. ޔޫކޭގެ ވޭލްސް އަށް ނިސްބަތްވާ ވޭލްސް އެންމެ ފަހުން ޕްރީމިއަރ ލީގު ކުޅެފައިވަނީ 2017-18 ވަނަ ސީޡަނުގައެވެ.

މޮޑްރިޗް ސްވޮންސީގެ ހިއްސާދާރަކަށް ވުމުގެ އެންމެހާ ކަންކަން ވީއެންމެ އަވަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިވަގުތު އޭނާގެ އަމާޒަކީ ރިއަލް މެޑްރިޑާއެކު މި ސީޒަނުގެބާކީ އޮތް މުބާރާތްތަކުގައި ކާމިޔާބީ ހޯދުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 2 ގަޑިއިރު ކުރިންހަތުރުން ރޮެއްވާލުމަށްފަހު އަނެއްކާވެސް ފަހުވަގުތު ފަހަތުން އަރައި ރެއާލް މޮޅުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 10 ދުވަސް ކުރިން