logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގަށް ނެގި ކާރު ހޯދައިފި، ވަގުކަލޭގެ ދިޔައީ ރިމޯޓު ހިފައިގެން

އަޙްމަދު ޒަލީފް
14 އޭޕްރީލު 2025 - 14:50
ވަގަށް ނެގި ކާރު ހޯދައިފި، ވަގުކަލޭގެ ދިޔައީ ރިމޯޓު ހިފައިގެން

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ ވަގަށް ނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ކާރުގެ ވެރިފަރާތުގެ ހާޒިރުގައި އުޅަނދު ޗެކުކުރިއިރު އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ކާރު ވަގަށް ނެގި މީހުން ވަނީ ރިމޯޓު ގެންގޮސްފައިކަމަށް ވެސް ފުލުހުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ ރޭ ދަންވަރު 23:50 ހާއިރު، ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 އެހައިކަންކާއިރު ކާރަށް އަރަން ވެރިފަރާތުން ދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތް މައްސަލަ ރިޕޯޓުކޮށްފައިވާކަމަށެވެ. ކާރު ޕާކުކޮށްފައި އޮތީ އެތެރޭގައި ރިމޯޓު ބާއްވާފައިކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ޖުލައިމަހު ހުވަދު އަތޮޅުން ވަގަށްނެގި 60،000 ވުރެ ގިނަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދައިފިޚަބަރު | 2 މަސް ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެޚަބަރު | 2 މަސް ކުރިންވައްކަން ކުރުމުން ކުލައިން ފެންވަރުވައިފި، ސަޅިއެއްނޫން!ޚަބަރު | 6 މަސް ކުރިންވަގަށް ނެގި ކާރު ހޯދައިފި، ވަގުކަލޭގެ ދިޔައީ ރިމޯޓު ހިފައިގެން ޚަބަރު | 6 މަސް ކުރިން