logo
ޚަބަރު

ވައްކަން ކުރުމުން ކުލައިން ފެންވަރުވައިފި، ސަޅިއެއްނޫން!

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޭޕްރީލު 2025 - 18:33
ވައްކަން ކުރުމުން ކުލައިން ފެންވަރުވައިފި، ސަޅިއެއްނޫން!

ވައްކަން ކުރި މީހަކަށް އަމިއްލަ ފަރާތްތަކުން އަދަބު ދިނުމުގެ ގޮތުން އޭނާގެ ބޮލަށް ކުލަ އަޅައި، މުޅި ހަށިގަނޑުގައި ކުލަ ހާކުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިޖުތިމާއީ ވިއުގަތަކުގައި ފެތުރި، އާންމުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބުނެވޭގޮތުގައި މިކަން ހިނގާފައި ވަނީ ކ. މާފުށީގައެވެ.

Hajj Corpooration

އިއްޔެ ހަވީރު އާންމުވި މި ވީޑިއޯގައި ފެންނަނީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު މަގުމައްޗަށް ނެރެ، އޭނާ ލައްވާ އަމިއްލަ ގައިގައި ކުލަ ހާކުވަމުންދާ މަންޒަރެވެ. އަދި އެއަށްފަހު، ކުލަ ފާޓާއެއް އޭނާގެ ބޮލަށް އަޅާލައި، މުޅި ބޮލާއި މޫނު އަދި ހަށިގަނޑުގައި ކުލަ ހާކުވާ މަންޒަރު ވެސް ވީޑިއޯގައި ހިމެނެއެވެ.

މި ހާދިސާގެ ފަހުން، އެ މީހާ މޫދު ކައިރީގައި އިށީނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް ވީޑިއޯގައި ފެނެއެވެ. އަދި ފަހުން، ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން އޭނާ އެތަނުން ގެންދިޔަ މަންޒަރު ވެސް ހިމެނެއެވެ.

މި ވީޑިއޯ އާންމުވުމާ ގުޅިގެން، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ. ވައްކަން ކުރި ނަމަވެސް، އެފަދަ އިހާނެތި ގޮތަކަށް އަމިއްލަ ފަރާތްތަކުން އަދަބު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ކުށްވެރިންނަށް އަދަބު ދިނުމަށް ގާނޫނުގައި ވަކި ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެޚަބަރު | ދުވަހެއް ކުރިންވައްކަން ކުރުމުން ކުލައިން ފެންވަރުވައިފި، ސަޅިއެއްނޫން!ޚަބަރު | 4 މަސް ކުރިންވަގަށް ނެގި ކާރު ހޯދައިފި، ވަގުކަލޭގެ ދިޔައީ ރިމޯޓު ހިފައިގެން ޚަބަރު | 4 މަސް ކުރިންއެޗްޑީސީން 5 ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއްޚަބަރު | 8 މަސް ކުރިން