logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރުގެ ލައިސަންސްތަކަށް ހުއްދަދޭއިރު ޑްރައިވިންގ ޓެސްޓު ހަދަން ދެން ޖެހޭނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2025 - 02:19
ބޭރުގެ ލައިސަންސްތަކަށް ހުއްދަދޭއިރު ޑްރައިވިންގ ޓެސްޓު ހަދަން ދެން ޖެހޭނެ

ރާއްޖޭގައި ބޭރު ގައުމެއްގެ ލައިސަންސް އޮންނަ ބިދޭސީންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލެއް ގެނެސްފިއެވެ.

މިގޮތުން މީގެ ފަހުން ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދޭނީ ޑްރައިވިންގ އިމްތިޙާނެއް ހެދުމަށް ފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި މީގެ ކުރިން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ހުއްދަ ދެމުން ދިޔައީ ލުއި އުސޫލެއްގެ ދަށުންނެވެ. އަދި ބައެއް ފަހަރު ބިދޭސީ މީހާގެ އަތުގައި އޮންނަ ލައިސަންސްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ވެސް ހުއްދަ ދެމުން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ބިދޭސީ މީހާގެ އަތުގައި އޮތް ޕާސްޕޯޓްގެ ވެލިޑިޓޭޝަނަކީ ދެ މަސް ވިއަސް، އެއް އަހަރު ވިއަސް 10 އަހަރަށް ދިވެހި ލައިސަންސް އެބަ ދޫކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް މީގެ ފަހުން ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދޭނީ އެ މީހެއްގެ އަތުގައި އޮންނަ ބޭރު ގައުމުގެ ލައިސަންސްގެ މުއްދަތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ހުއްދަ ދޫކުރެވޭނީ އާންމު އުސޫލުން ލައިސަންސް ހޯދަން އޮންނަ ޑްރައިވިންގ އެސެސްމަންޓް ފުރިހަމަ ކުރުމަށްފަހުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުގެ މަޤްސަދު ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް ކަމަށާއި، ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެ މާލޭގައި ދުއްވަން ކަމަށެވެ. އެހެންކަމުން މި ބަދަލާއެކު ބިދޭސީންނަށް ވެސް ލައިސަންސް ދޫކުރެވޭނީ ދިވެހިންނެކޭ އެއްގޮތަށް ޑްރައިވިންގ އެސެސްމަންޓް ހެދުމަށްފަހު ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަންގްރިއްލާގެ އޮޕަރޭޝަން ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރޭގައި އިތުރުވާނެ: މިނިސްޓަރު އަމީންޚަބަރު | މަހެއް ކުރިންއެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މިނިސްޓަރު އަމީންޚަބަރު | މަހެއް ކުރިންމޯލްޑިވިއަންގެ އެންމެ ބޮޑު އެއާކްރާފްޓުން 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަން ދަށަށްދާ ފަރަގު ކުޑަކުރެވިއްޖެ: ވަޒީރު އަމީންޚަބަރު | 3 މަސް ކުރިން