logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީފާ ނުލިބި 200 އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި: އަމީން

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2025 - 02:27
ވަޒީފާ ނުލިބި 200 އަށްވުރެ ގިނަ ޕައިލެޓުން

ޕައިލެޓްކަން ކިޔަވައިގެން, ވަޒީފާ ނުލިބި 200 އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވަރަށް ގިނަ ދުވަސްވަންދެން، ވަޒީފާ ނުލިބި ސްޓޫޑެންޓް ޕައިލެޓުންގެ ގޮތުގައި ދަރިވަރުން ތިބޭ ކަމަށެވެ. އަދި މި މައްސަލައިގައި ވަޒީރުކަމާ ހަވާލުވުމުގެ ކުރީންވެސް އެކިއެކި ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވައިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ޕައިލެޓް ޓްރެއިނިން ހަދައިގެން އެހެން ގައުމުތަކުން ވަޒީފާ ލިބިފައިނުވާކަމެވެ. އަދި އެއީ ވާނެ ކަމެއް ނޫންކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ޕައިލެޓުންގެ ޑިމާންޑް ކްރިއޭޓްވެގެން ޕައިލެޓުންގެ ވަޒީފާ މި ލިބެނީ ވަކި ވަރަކަށް ތަޖުރިބާ ލިބި ވަކި ވަރަކަށް އެކްސްޕީރިއަންސް ލިބުނީމަ. އަދި ޕައިލެޓެއްގެ ލައިސެންސް ފްލައިން ސްކޫލަކުން ހިފައިގެން އައީމަ އެއީ ހަމަ ކެޑޭޓް ޕައިލެޓެއް. އެ ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް ވެސް ނުހިންގޭނެ." އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ކުދީން ޕައިލެޓް ލައިސެންސް ހަދައިގެން އައިސް ވަޒީފާ ނުލިބިފައި ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ހުރީ ކެޑޭޓް ޕައިލެޓުން ނެގޭ ދެ ކުންފުނި ކަމަށާއި، އެ ދެ ކުންފުނިން ނެގޭ ޖުމްލަ އަދަދަށް ބަލާއިރު ވެސް، އަހަރެއްގެ ތެރޭގައި ނެގޭނެ އަދަދާ ދިމާނުވާ ކަމަށް އަމީން ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުގެ ޒިންމާއަކީ އޮންނަ ފުރުސަތުތަކާ އެއްގޮތަށް ސްކޮލަޝިޕް ސްކީމް ދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި އެ ސްކީމް ކުރިއަށްގެންގޮސްފައިވަނީ އެއާ ޚިލާފަށް، ސިޔާސީ ބޭނުމަށް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ދިމާވެފައިމިވާ ހާލަތަކީ ސިޔާސީ ބޭނުމަށް ވިސްނާނުލާ އެކަން ކުރުމުން ކުރިމަތިލާންޖެހިފައިވާ ހާލަތެއް ކަމަށް އަމީން ސިފަކުރެއްވިއެވެ. އަދި މިއީ ދެރަވެ ހިތާމަކުރާކަމެއްކަމަށް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމު: ވަޒީރު އަމީންޚަބަރު | 16 ގަޑިއިރު ކުރިންބަރުގޮނު އެޅުމުގައި ސަމާލުވުމަށް އަނެއްކާވެސް ހަނދާންކޮށްދީފިޚަބަރު | 19 ދުވަސް ކުރިންފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންސީޕްލޭން އޮޕަރޭޝަންތަކުގެ ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން މަޝްވަރާ ކޮށްފިޚަބަރު | މަހެއް ކުރިން