ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
.jpg&w=96&q=75)
15 އޭޕްރީލު 2025 - 05:51

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ ހުޅުވައިފިއެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެއެވެ. އެ އެމްބަސީ ހުޅުވާފައިވަނީ އެ ޤައުމުގެ ވެރިރަށް އަންކާރާގައެވެ.

Ad by Hajj Corporation
އެ އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޚަލީލުގެ އިތުރުން، ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ތުރުކީގައި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަނެއް ޤާއިމުކުރެވުމަކީ ރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ލިބުނު ތާރީޚީ ކުރިއެރުމެވެ. އަދި އެކަމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހީންނަށް ގާތުން ކޮންސިއުލާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި މި އެމްބަސީވެގެންދާނީ ދެޤައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ގޮތުން ގުޅުން ބަދަހިކުރުމަށް އާ ފުރުޞަތުތައް ހޯދުމުގެ ޕްލެޓްފޯމަކަށް ކަމަށާއި، ދި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމާއި، ސަޤާފީ އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެމްބަސީން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.