logo
MPL

MPL

ޚަބަރު

ޓިކްޓޮކުން ތަރިންނަށް އާމްދަނީ ހޯދޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

މެންދުރު ޓީމް
15 އޭޕްރީލު 2025 - 06:16
ޓިކްޓޮކުން ތަރިންނަށް އާމްދަނީ ހޯދޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ޓިކްޓޮކް އިން ކްރިއޭޓަރުންނަށް އާމްދަނީ ލިބޭނެ ގޮތަކާއި ބެހޭ ގޮތުން އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ޓިކްޓޮކްގެ އިސްވެރިންގެ ވަފުދެއް މިހާރު ރާއްޖެއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅޭ ގޮތުން އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ޓިކްޓޮކްގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ޓިކްޓޮކްއާ ގުޅިގެން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ޓިކްޓޮކްގެ އިސްވެރިންގެ ވަފުދާ އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓިވް އިކޮނޮމީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ކުރެވޭ މުހިންމު ކަމެއް ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ޓިކްޓޮކް އަކީ މިހާރު ވެސް ރާއްޖޭގެ ގިނަ ކްރިއޭޓަރުން ބޭނުންކުރާ ޕްލެޓްފޯމަކަށް ވާއިރު، އެ ޕްލެޓްފޯމުން ގިނަ ފަރާތްތަކުން އާމްދަނީ ވެސް ހޯދައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އަހަރަށް ފަހު ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒު ފުރާލައިފި، މިހާތަނަށް 205،000 މީހުން ޒިޔާރަތްކޮށްފިޚަބަރު | 5 ދުވަސް ކުރިންމާލެއާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނެސްފިޚަބަރު | 21 ދުވަސް ކުރިންފޯރިގަދަ ހަރަކާތްތަކަކާއެކު އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 އިފްތިތާޙުކޮށްފިޚަބަރު | މަހެއް ކުރިންރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމު ކޮށްފިޚަބަރު | 9 މަސް ކުރިން