logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2025 - 08:50
އިސްރާއީލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ 2025 އޭޕްރިލް 15 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލުގެ މައިގަނޑު މަޤްޞަދަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމެވެ. މި ބިލުގެ ދަށުން، އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކޮށްގެން އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާވެގެންދާނެއެވެ.

ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މަންޞަތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާކަން ފާހަގަކުރެވެއެވެ.

މި ބިލު ތަސްދީޤުކުރެއްވުމާއެކު، ދިވެހިރާއްޖެއިން ފަލަސްޠީނުގެ މައްސަލައަށް ދެމުންދާ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ފަލަސްޠީނުގެ މައްސަލައަށް އިތުރަށް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ދެކެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒު: ރައްޔިތުންނަށް ވަގުތުދެއްވައި އަޑުއައްސަވައި ހައްލު ހޯއްދަވައިދެއްވުމުގައި ވެސް އެންމެ ކުރީގައިރިޕޯޓް | 7 ގަޑިއިރު ކުރިންމިރައީސް ތޯތޯއެއް ނުވާނެ، ވައުދު ފުއްދަވައި، 4000 ފްލެޓްގެ ކުއްޔާއި ޑިޕޮސިޓަށް ލުޔެއް!ޚަބަރު | 11 ގަޑިއިރު ކުރިންމި ރައީސް ތަފާތު، ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކު 6 ގަޑިއިރުޚަބަރު | 18 ގަޑިއިރު ކުރިންހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދޭނަން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން