logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕް ފަށައިފި

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށްދާ މި ވޯކްޝޮޕްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޞިއްޙީ ދުޅަހެޔޮކަމާއި، ތަޢުލީމާއި، ވަޒީފާއާއި، އެކްސެސިބިލިޓީގެ އިތުރުން، ހަމަހަމަކަމާއެކު މި ފަރާތްތައް ވެސް ކަންކަމުގައި ޝާމިލުކޮށްގެން ކުރިއަށްދާނެ ގޮތުގެ އެކްޝަން ޕްލޭން ތަންފީޒުކުރެވިގެން ދާނެއެވެ.

ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި އަހަރުން ފެށިގެން 2029 ވަނަ އަހަރާއި ހަމައަށް ހިންގޭނެ ހަރަކާތްތަކާއި، މި ހަރަކާތްތައް ހިންގޭނެ ދާއިރާތައް ވެސް މި ވޯކްޝޮޕްގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އެހެން ފަރާތްތަކެކޭ އެއްފަދައިން، އެއްހަމައެއްގައި ހައްޤުތައް ކަށަވަރުކޮށްދިނުމުގެެ މަޤުސަދުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ އެކި ޖަމުޢިއްޔާތަކާއި، އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުންވެސް ބައިވެރިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރުޚަބަރު | 2 މަސް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | 2 މަސް ކުރިންކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއްޚަބަރު | 3 މަސް ކުރިން