logo
MPL

MPL

ޚަބަރު

މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފި

އަޙްމަދު ޒަލީފް
15 އޭޕްރީލު 2025 - 10:50
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފި

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދަޢުލަތަށް 350 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދަދަކީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅާބަލާއިރު %9 އިތުރު އަދަދެކެެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، އިންޑީއާ، ޗައިނާ، ސިންގަޕޫރު އަދި ސްރީލަންކާއިންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ޤައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދު މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު ވަނީ އެެއްހަމައެއްގައި ހިފެހެއްޓިފައެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރުގެ މާރިޗުމަހު ދިވެހިރާއްޖެއަށް 4.4 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މިިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވީނަމަވެސް، އެކްސްޕޯޓްކޮށްފައިވާ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއިން 204 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 124 މިލިޔަންގައެވެ. އެހެންކަމުން މިއީ 65 އިންސައްތަ އިތުރު އަދަދެކެވެ. 

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިންގިރޭސިވިލާތް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ޖަރުމަންވިލާތުންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފިޚަބަރު | 8 ދުވަސް ކުރިންއެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | 14 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 24 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 24 ދުވަސް ކުރިން