ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި
15 އޭޕްރީލު 2025 - 11:25

ނ. ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ވެލިދޫ އަކީ ނ. އަތޮޅުގައި ޚިދުމަތް ފެށި 2 ވަނަ ރަށެވެ.
ނ. ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމާއި ގުޅިގެން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލް މެމްބަރ އަބްދުއްﷲ އަބްދުއްރައްޒާގު ވިދާޅުވީ އެރަށުގައި ފެށިގެން މިދިޔަ ޑައިލިސިސްގެ ޚިދުމަތާއެކު ފައިދާ ކުރާނީ ހަމައެކަނި ވެލިދޫގެ ރައްޔިތުންނަށް ނޫންކަމަށެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މިކަމުން ފައިދާ ކުރާނެކަމަށެވެ.
އަބްދުއްރައްޒާޤު ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަމަށެވެ. ޚިދުމަތް ހޯދަން ދިގު ދަތުރުކުރުން ނިމުމަކަށް އަންނާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
ވެލިދޫގައި ގާއިމްކޮށްފައިވާ ޑައިލަސިސް ސެންޓަރުން އެއްފަހަރާއި 3 މީހުންނަށް ފަރުވާ ދެވޭނެއެވެ. ވެލިދޫ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށުމުގެ ގޮތުން 2 މީހަކަށް ޑައިލިސިސް ފަރުވާ ވަނީ ދީފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ. އެގޮތުން މިއަހަރު އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ތ. އަތޮޅުގައިކަމަށެވެ.
ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ޚިދުމަތް ހޯދާ ކޮންމެ ދުވަހަކުވެސް 4 ގަޑިއިރަށްދޭ ޚިދުމަތެކެވެ.


