logoEN
ޚަބަރު

ސީއެސްސީގެ މެންބަރުކަމަށް މުޖްތާޒު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އާމިނަތު ސަފާއާމިނަތު ސަފާ

16 އޭޕްރީލު 2025 - 07:08

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލީ މާޗުމަހުގެ ތެރެގައެވެ.

ސީއެސްސީގެ މެންބަރަކަށް މުޖުތާޒު އައްޔަން ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 71 މެންބަރުން ވަނީ ރުހުން ދީފައެވެ.

މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

އެ އެ މަގާމު ހުސްވީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންކަމަށް އޭރު މައުލޫމާތު ލިބިފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ރައީސް ފޮނުއްވާފައިވަނީ މުޖުތާޒުގެ ނަންފުޅެވެ. ސިވިލް ސަރވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ.

މިހާރު އެ ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިޙާއި 3 މެމްންބަރުންކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފުގެ އިތުރުން ފާތިމަތު ހަބީބާއެވެ.

ކޮމެންޓް

871x217_placeholder