މަތިގަނޑުޖެހި ފްރައިޑް ރައިސް މެޑްރިޑްގެ ކުޅުންތެރިންނަށް ކާންދީފައި އާރސެނަލް ސެމީއަށް
16 އޭޕްރީލު 2025 - 22:04

ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބާއު ސްޓޭޑިއަމްގައި މަތިގަނޑު ޖަހައިގެން ރޭގައި ކުޅުނު ސެމީފައިނަލްގެ ދެވަނަ ލެގުގައި ރެއާލް ބަލިކުރުމަށްފަހު އާރސެނަލް ޗެންޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުގައި އާރސެނަލްގެ ޑެކްލަން ރައިސް ވަނީ މޮޅުކުލުމެއް ދައްކައި، މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.
މެޗުގެ މޮޅުކުޅުންތެރިޔާ ޑެކްލަމް ރައިސް. ފޮޓޯ: ފުޓްބޯލް ލަންޑަން

Ad by Hajj Corporation
ފުރަތަމަ ލެގުގައި އާރސެނަލް އަތުން 3-0 އިން ބަލިވެފައި އޮތުމުން މިމެޗުގައި ރެއާލް ނިކުތީ އެނަތީޖާ އަނބުރާލާނެކަމަށް އުއްމީދުކޮށްގެންނެވެ. އެގޮތުން މެޗުގެ ކުރިން ރެއާލް ގެ ގިނަ ކުޅުންތެރިންނާއި ސަޕޯޓަރުން ދިޔައީ މިމެޗުގައި 'ރެމޮންޓާޑާ' ފެންނާނެކަމަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ.
މެޗުފެށިގެން ރެއާލްގެ އެޓޭކް ވަރުގަދަކޮށް ފެނުނު ނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި އާރސެނަލް އަށް ވަނީ ޕެނަލްޓީއެއް ލިބި ގޯލެއް ކާމިޔާޞުކުރެވޭގޮތް ނުވެފައެވެ. ޕެނަލްޓީގައި ސަކާ ފޮނުވާލިބޯޅަ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލަކީ މެޗުގެ 65 ވަނަ މިނެޓުގައި ސަކާ އާރސެނަލް އަށް ޖަހައިދިން ގޯލެކެވެ. ނަމަވެސް އޭގެ މިނެޓެެއްފަހުން ވިނީސިއުސް ވަނީ ގޯލެއް ޖަހައި ރެއާލް އަށް މެޗުގެ ނަތީޖާ ހަމަކޮށްދީފައެވެ.
ރެއާލްގެ ފަރާތުން މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް އާރސެނަލްގެ ފަރާތުން ޑިފެންސިވް މޮޅު ކުޅުމެއް މިމެޗުގައި ފެނިގެންގޮސްފައިވެއެވެ. މެޗުގައި އާރސެނަލް މޮޅުކޮށްދިން ގޯލުޖަހައިދިނީ މެޗުގެ ފަހުވަގުތުގައި ކައުންޓަރ އެޓޭކެއްގައި މާޓިނެއްލީއެވެ. މެޗު ނިމުނީ 2-1 އިން އާރސެނަލް މޮޅުވެ 5-1 ގެ އެގްރިގޭޓް ކުރީގައި އޮވެގެންނެވެ.
މިބައްޔާއެކު ޗެންޕިއަންސް ލީގުގައި މިހާތަނަށް އާރސެނަލް ރެއާލް މެޑްރިޑާއި ވާދަކުރި 4 މެޗުގެ ތެރެއިން 3 މެޗުން ވަނީ އާރސެނަލް މޮޅުވެފައެވެ.
މިމޮޅާއެކު އާރސެނަލް ސެމީގައި ވާދަކުރަން ޖެހޭނީ ޕީއެސްޖީއާއި ދެކޮޅަށެވެ. ސެމީގެ ފުރަތަމަ ލެގު އާރސެނަލްގެ ދަނޑުގައި މިމަހުގެ 29 ގައި ކުޅެވޭއިރު، ދެވަނަ ލެގު ޕެރިހުގައި މެއި މަހުގެ 6 ވަނަ ދުވަހު ކުޅެވޭނެއެވެ.