logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބަޔާން ބަލިކުރުމަށްފަހު އިންޓަރ ސެމީއަށް

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 22:25
މެޗުގައި ލައުޓާރޯ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އިންޓަރ
މެޗުގައި ލައުޓާރޯ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އިންޓަރ

މްޕިއަންސް ލީގުގެ ކުއަޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބަޔަން މިއުނިކާ އެކު 2-2 އިން އެއްވަރުވެ އެގްރެގޭޓް ސްކޯރ 4-3 އިން އިންޓަރ މިލާން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އިންޓަރ މިލާނުގެ ސަންސީރޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން 7 މިނެޓު ފަހުން ހެރީ ކޭން ވަނީ ބަޔަންގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެހެންނަމަވެސް 6 މިނެޓު ފަހުން ލައުޓާރޯ މާޓިނެޒް ވަނީ އިންޓަރ އަށް އެއްވަރު ކޮށްދީފައެވެ. އޭގެ ފަހުން ކުރީގެ ބަޔަން ކުޅުންތެރިޔާ ބެންޖަމިން ޕަވާޑް ވަނީ ކޯނަރ ކިކަކުން ލަނޑެއް ޖަހާފައެވެ. މެޗުގެ ފަހު ކުއާޓަރުގައި އެރިކް ޑަޔަރ ވަނީ ބަޔަންގެ ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަރ މިލާނުން މެޗުގެ ފަހު މިނެޓުތަކުގައި ބަޔަންގެ ވަރުގަދަ ހަމަލާތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެޓީމު ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގައި ބާސެލޯނާ އާ ކުރިމަތިލުމުގެ ފުރުސަތު ހޯދާފައެވެ. މިއާއެކު ސީރީ އޭގެ އެއްވަނައިގައި އޮތް އިންޓަރ އަށް މި ސީޒަންގައި ތިން މުހިއްމު މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.

ސެމީފައިނަލުގެ ފުރަތަމަ ލެގުގައި އިންޓަރ ނިކުންނާނީ ބާސާގެ ދަނޑުގައި މިމަހުގެ 29 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގު މެއި މަހުގެ 6 ވަނަ ދުވަހުގައި މިލާނުގައި ކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޔާން ބަލިކޮށް ޕީއެސްޖީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ހޯދައިފިކުޅިވަރު | ދުވަހެއް ކުރިންޕާމާ ބަލިކޮށް އިންޓްމިލާނުން އިޓާލިއަން ލީގު 21 ވަނަ ފަހަރަށް އުފުލާލައިފިކުޅިވަރު | 4 ދުވަސް ކުރިންޗެންޕިއަން ޕީއެސްޖީ އިން ސެމީގައި ބަޔާންކޮޅަށް ފަސްގޯލުޖަހައި ފައިނަލުގެ ޖާގައަކާއި ގާތަށްޖެހިލައިފިކުޅިވަރު | 9 ދުވަސް ކުރިންފަހުވަގުތުގައި ޖެހި ދެ ލަނޑާއެކު އިންޓަ މިލާން ކޮޕާ އިޓަލިއާގެ ފައިނަލަށްކުޅިވަރު | 16 ދުވަސް ކުރިން