logo
ކުޅިވަރު

ނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެ

އަބްދުﷲ ޣާނިމް
17 އޭޕްރީލު 2025 - 04:31
ނޭމާ އަށް އަނިޔާވެ އަނެއްކާވެސް ކުޅުމާއި ދުރަށް ދާން ޖެހިއްޖެ. ފޮޓޯ: ރޮއިޓަރސް
ނޭމާ އަށް އަނިޔާވެ އަނެއްކާވެސް ކުޅުމާއި ދުރަށް ދާން ޖެހިއްޖެ. ފޮޓޯ: ރޮއިޓަރސް

ބްރެޒިލްގެ ސުޕަރ ސްޓާރ ނޭމާ އަށް އަނެއްކާވެސް އަނިޔާވެ، ކުޅުންތެރިޔާ ރޮމުން ދަނޑުމަތިން ފައިބައިގެން ދާންޖެހިއްޖެއެވެ.

މިއަދު ކުޅުނު 2025 ވަނަ އަހަރުގެ ބްރެޒިލިއަން ސެރީ އޭ ބެޓާނޯގެ ހަތަރުވަނަ ބުރުގެ މެޗުގައި ސަންޓޯސް އާއި އެޓްލެޓިކޯ މިނެއިރޯ ބައްދަލުކުރިއިރު، އެސްޓާޑިއޯ އުރްބާނޯ ކަލްޑެއިރާގައި ކުޅުނު މި މެޗުގައި ނޭމާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ޓީމު 2-0 އިން ލީޑުގައިވަނިކޮށް، ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ނޭމާ ވަނީ އަނިޔާވެ ބަދަލުކުރަން ޖެހިފައެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ވާތް ފައިގެ ފަހަތުގައި ރިހުން އިހުސާސްކުރަން ފެށި ނޭމާ ވަނީ ކަރުނައަޅަން ފަށައި، ދަނޑުގައި އިށީނދެފައެވެ.

ނޭމާ އަށް އަނިޔާވި މަންޒަރު ދުށުމުން ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންނާއި މެޗު ބަލަން ތިބި ފަރާތްތައް ވަނީ ސިހިފައެވެ. ނޭމާގެ މޫނުމަތިން ވޭނާއި ހިތާމަ ސާފުކޮށް ފެންނަން ހުއްޓެވެ.
އަނިޔާގެ މައްސަލަތަކާއި ގުޅިގެން މިދިޔަ މަހުގައި ބްރެޒިލްގެ ސޮކޮޑުން ބާކީ ކުރިއިރު، ކުޅުމުގެ ތެރެއަށް އެނބުރިއައިސް މިއީ އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މި އަނިޔާއަކީ ނޭމާގެ ކެރިއަރަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. 30 އަހަރުގެ މެދުތެރޭގައި ތަކުރާރުކޮށް ލިބޭ އަނިޔާތަކަކީ ކުޅުންތެރިޔާގެ ކެރިއަރާ ސީދާ ގުޅިފައިވާ ކަމެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ކުރީގެ ކްރޫޝިއޭޓް ލިގަމެންޓާއި މެނިސްކަސް ވަނީ ކެނޑިފައެވެ.
އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ނޭމާ އޭނާ ގެ ކެރިއަރު އަލުން އަނބުރާ ނެގެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އައިނަމަވެސް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. ނޭމާގެ ކުރިޔަށް އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕުން ބްރެޒިލްގެ ސްކޮޑުން ޖާގަހޯދުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 13 ދުވަސް ކުރިންނޭމާއަށް ކޮވިޑް ޖެހިއްޖެކުޅިވަރު | 3 މަސް ކުރިންމެސީ އާއި މަރަޑޯނާ ކޮޕީކުރަން ހަދައިގެން ނޭމާ ރަތްކާޑުދައްކައި ފޮނުވާލައިފިކުޅިވަރު | 3 މަސް ކުރިންނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެކުޅިވަރު | 5 މަސް ކުރިން