logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ޔާގީންކަން ސާކާ ދީފި

އަބްދުﷲ ޣާނިމް
17 އޭޕްރީލު 2025 - 04:43
ރޭގެ މެޗުގައި ގޯލުޖެހުމަށްފަހު ސާކާ އުފާފާޅުކުރަނީ. ފޮޓޯ: އާރސެނަލް
ރޭގެ މެޗުގައި ގޯލުޖެހުމަށްފަހު ސާކާ އުފާފާޅުކުރަނީ. ފޮޓޯ: އާރސެނަލް

އާސެނަލްގެ ތަރި ބުކާޔޯ ސަކާ ވަނީ މި މިސީޒަނުގެ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަން ހާމަކޮށްފައެވެ. މިކަން އޭނާ ހާމަކޮށްފައިވަނީ ކުއާޓަރ ފައިނަލްގައި ރިއަލް މެޑްރިޑް ޓީމެއް ބަލިކުރުމަށް ފަހުގައި ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ސެމީ ފައިނަލްގައި އާސެނަލް ކުރިމަތިލާނީ ފްރާންސްގެ ވަރުގަދަ ޓީމް ޕީއެސްޖީ އާ އެވެ. މި މެޗާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސަކާ ބުނީ ޕީއެސްޖީ އަކީ ވަރަށް ތަފާތު ޓީމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެ ޓީމް މިހާރު ކުޅެމުންދަނީ މާ ބޮޑު އިތުބާރަކާ އެކުގައި. އިއްޔެވެސް އަހަރެމެން އެ ޓީމުގެ މެޗެއް ބެލިން. އެ މީހުން ވަރަށް މޮޅު. އެކަމަކު އަހަރެމެން ތައްޔާރުވާނަން. ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ. ވަރަށް ރަނގަޅު ގޮންޖެހުމެއް. އެކަމަކު އަހަރެމެން ތައްޔާރުވާނަން،" ސަކާ ބުންޏެވެ.

ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިދާނެތޯ ސުވާލު ކުރުމުން ސަކާ ބުނީ އެކަމަށް އޭނާ ޔަގީން ކުރާ ކަމަށެވެ. "އާނ، އަހަރެން އެކަމަށް ޔަގީން ކުރަން. އަހަރެން ހިތުން އަހަރެމެންނަށް އެކަން ކުރެވޭނެ،" އޭނާ ބުންޏެވެ.
ޗެންޕިއަންސް ލީގުގެ ފައިނަލަށް އާރސެނަލް ދަތުރުކޮށްފިނަމަ އާރސެނަލް ވާދަކުރަން ޖެހޭނީ ބާސާ ނުވަތަ އިންޓަރ މިލާން އާއި ދެކޮޅަށެވެ.

މިއީ އާސެނަލް ވޭތުވެ ދިޔަ 15 އަހަރުތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގޮސްފައިވާ ދެވަނަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް ސިޓީ އާއި ޖެހިޖެހިގެން 5 ވަނައަހަރު ކުރިމަތިލާއިރު، އަނެއްކާވެސް ބާސެލޯނާއަށް ފައިނަލަށް ދިޔުމަށް ފަސޭހަމަގެއްކުޅިވަރު | މަހެއް ކުރިންމިދިޔަ އަހަރުގެ ޗެންޕިއަންސް ލީގުގެ ގޯލްޑަން ބޫޓު ގިރާސީއަށްކުޅިވަރު | 7 މަސް ކުރިންއާސެނަލް އަންނަނީ މޮސްކުއެރާ ސޮއި ހޯދުމަށް މަސައްކަތްކުރަނީކުޅިވަރު | 9 މަސް ކުރިންގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރކުޅިވަރު | 9 މަސް ކުރިން